ބޮޑެތި ޑިސްކައުންޓުތަކާއެކު "އެސްޓީއޯ އަހަރީ ސޭލް" މާދަމާ

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް-- ސަންފައިލް ފޮޓޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ ދުވަހާ ގުޅިގެން، ބޮޑެތި ޑިސްކައުންޓުތަކަކާއެކު މާދަމާ "އެސްޓީއޯ އަހަރީ ސޭލް" ބާއްވަން ނިންމައިފިއެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ސޭލަކީ އެއް ދުވަހުގެ ސޭލެކެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި މި ސޭލް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި ސޭލްގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އޭސީ ފިޔަވައި އެހެނިހެން މުދަލުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

ހަމައެހެންމެ އެސްޓީއޯ ރީޖަނަލް ފިހާރަތަކުން 10 ޕަަސެންޓު ޑިސްކައުންޓު އަދި ސުޕަމާޓު ފިހާރައިން ފަސް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"އެސްޓީއޯ އަހަރީ ސޭލް"ގައި ވިޔަފާރިކުރާ މީހުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ބޭއްވުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އެގޮތުން މާދަމާ މި ފިހާރަކުން ވިޔަފާރި ކުރާ މީހުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗާއެއް ދިނުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މި ސޭލްގެ ތެރެއިން ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް 32 އިންޗީގެ ޓީވީއެއް އަދި ސުޕަމާޓުން ވިޔަފާރި ކުރާ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް