އައްޑޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލީ ބަލި ހާލަތު ހުރިގޮތުން: ފުލުހުން

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައަކާ ގުޅިގެން މިިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އައްޑޫގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގެ އިތުރުން ދެ މިސްކިތަކަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

https://sun.mv/160167

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މީހާގެ ސިއްހީ ހާލަތު ހުރިގޮތުން ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާއަށް ގެއްލުމެއް ލިބިދާނެތީ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ދުވަހު އޭނާ އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ ނަފްސާނީ ބަލިތައް ހުރެގެން ބޭސް ކުރަމުން ދާ މީހެކެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއް ވަނީ މި ފަހުން ފެންމަތިވެފައެވެ. އެގޮތުން މާލޭގެ މިސްކިތްތަކަށް ކުޑަކަމު ގޮސް، ހަތިމަކަށް ރަތް ކުޅު ޖެހި މީހަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އެ މީހާގެ މައްޗަށް، އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އޭނާ އެއް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

comment ކޮމެންޓް