ދުވާފަރު ކައުންސިލް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ކްލަބް އިލަވަން އެޓޭކާސްއިން ހޯދައިފި

ދުވާފަރު ކައުންސިލް ފުޓްސަލް ޗެލެންޖް 2021ގެ ޗެމްޕިއަންކަން އިލަވަން އެޓޭކާސް އިން ހޯދުމަށްފަހު އުފާފާޅުކުރަނީ- ފޮޓޯ / ދުވާފަރު ފުޓްސަލް ޗެލެންޖު

ދުވާފަރު ޔޫތް މޫވްމަންޓާއި، ޒުވާނުން ގުޅިގެން ބޭއްވި "ދުވާފަރު
ކައުންސިލް ފުޓްސަލް ޗެލެންޖް 2021" މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އިލަވަން އެޓޭކާސް އިން ހޯދައިފިއެވެ.

އިއްޔެ ހަވީރު ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޗެންޕިއަންކަން ކްލަބް އިލަވަން އެޓޭކާރސް އިން ހޯދާފައިވަނީ ތިން ލަނޑު އެއް ލަނޑުގެ ނަތީޖާއަކުން ސިލްވާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުކޮށްދެއްވީ އެރަށު ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ނަސީރު އާއި މިހާރުގެ ރައީސް ހަސަން ހަކީމެވެ. ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިއްޔެގެ މެޗުގައި ތަފާތު މޮޅު ހުނަރުތައް ދެއްކި ކްލަބް އިލަވަން އެޓޭކާސްގެ އަލީ ޝަމީސްއެވެ. މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވައި އެކުޅުންތެރިންނަށްވެސް ވަނީ އިނާމް ދީފައެވެ.

ދުވާފަރު ކައުންސިލް ފުޓްސަލް ޗެލެންޖް 2021ގެ ފައިނަލް މެޗުގެ ތެރެއިން- ފޮޓޯ / ދުވާފަރު ފުޓްސަލް ޗެލެންޖު

އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިލަވަން އެޓޭކާސްގެ އަލީ ނަޒުމީގެ އިތުރުން އެ ކްލަބުގެ ގޯލްކީޕަރު އިބްރާހީމްﷲ އަބްދު އާއި ސިލްވާ ޔުނައިޓެޑްގެ އިސްމާއިލް އަހުމަދާއި ސިލްވާ ޔުނައިޓެޑްގެ މުހައްމަދު އިޝާމް އަދި ދުވާފަރު ޕޮލިސް ކްލަބުގެ މުހައްމަދު މުއީންއެވެ. މުބާރާތުގެ މޮސްޓް ޕްރޮމިސިން ޕްލެޔާގެ މަގާމް ލިބުނީ ދަސިޓީގެ މުހައްމަދު އަބާން އަށެވެ. ފެއާޕްލޭ ޓީމަކީ ދުވާފަރު ޕޮލިސް ޓީމެވެ. ދުވާފަރު ފުޓްސަލް ކިންގަކަށް ހޮވުނީ ސިލްވާ ޔުނައިޓެޑްގެ މުހައްމަދު އިޝާމްއެވެެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 15 ޓީމް ބައިވެރިވެފައިވެއެވެ. މެއި މަހުގެ 14 ގައި ފެށި މުބާރާތް ކޮވިޑް 19ގެ ސަބަބުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފަށާފައިވަނީ 11 ޑިސެމްބަރުގައެވެ.

މި މުބާރާތަކީ 2019 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މިމުބާރާތުގެ ޓައިޓަލް ސްޕޮންސާ އަކީ ދުވާފަރު ކައުންސިލެވެ. މީގެ އިތުރުންވެސް ޔޫތު މިނިސްޓްރީ، ދުވާފަރު ޑަބްލިޔު ޑީސީ، ކެޕްޓަން މޯލްޑިވްސް، ސިބްކޯ، ދިރާގު، ނިއުލުކް، އެމްޑަބްލިޔުއެސްސީ، އޯޝަން ކިންގު އިންވެސްޓްމަންޓް އަދި ކޮކާކޯލާ ހިމެނެއެވެ.

comment ކޮމެންޓް