މަގުމަތިން ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. މަތިވެރި، އަތިރީގޭ އުމުރުން 36 އަހަރުގެ އިސްމާއީލް ރަޝީދެވެ.

އޭނާ ވަނީ ދެ މީހަކަށް ޖިންސީ ގުނަވަން ދައްކައިފައެވެ.

މި މައްސަލައިގައި މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޖިންސީ ގުނަވަން ދައްކައިފައި ނުވާނެ ކަމަށް ބުނެފައެވެ.

ކޯޓުގައި ފުލުހުން ވަނީ އަނިޔާ ލިބުނު ދެ މީހުންގެ ބަޔާނާއި އެ ކަން ހިނގި ރޭ އޭނާ އެ މަގުން ހިނގައިފައިދިޔަ ސީސީޓީވީ ފޫޓޭޖު ހުށަހަޅައިފައެވެ. ހަމައެހެންމެ ސީންގައި ހަރަކާތްތެރިވި ފުލުހުން ވަނީ ދެވަނަ ފަހަރަށް އެ ސަރަހައްދަށް ދިޔައިރު، އޭނާ އައިޑެންޓިފައި ކުރެވި، އޭނާ ހިފެހެއްޓުނު ކަމަށް ބުނެފައެވެ.

އަނބި ދަރީންނަށް ޓަކައި ބަންދުން ދޫކޮށްލުމަށް އިސްމާއީލް ރަޝީދު އެދިފައިވީނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

މީނާއަކީ މީގެ ކުރިން ވެސް މިފަދަ ބާވަތެއްގެ ކުށުގެ ރިކޯޑެއް އޮތް މީހެކެވެ.

comment ކޮމެންޓް