އޮމިކްރޮން ވޭރިއެންޓް: ކަންބޮޑުވާންވީ ކިހާވަރަކަށް؟

ކޮވިޑްގެ ބިރުވެރިކަމާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަ އިރު ކޮންމެ ދުވަހަކުވެސް މި ބަލީގައި އެތައް ބަޔަކު މަރުވެއެވެ. ކަންބޮޑުވާ ކަމަކީ ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑްގެ ބާރު ގަދަވެ، އެކި ވޭރިއަންޓްތައް އުފަންވާކަމެވެ. އެންމެ ފަހުގެ ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" އަކީ ކުރީގެ ވޭރިއެންޓްތަކަށްވުރެ ތަފާތު، ބާރުގަދަ ވޭރިއެންޓެއްކަމަށް ސައިންސުވެރިން ސިފަކޮށްފައިވާއިރު މިއީ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވެދާނެ ކަމަށް ގަބޫލުކުރެވޭ ވޭރިއެންޓް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެ ނުރައްކާތެރި ވޭރިއަންޓް ރާއްޖޭން ވެސް މިވަނީ ފެށިފައެވެ. ރާއްޖެ އައި ޓޫރިސްޓެއް އެ ވޭރިއަންޓަށް ވަނީ ޕޮޒިޓިވްވެފައެވެ.

އޮމިކްރޯންއާ ބެހޭގޮތުން އެތައް ސުވާލުތަކެއް އުފެދޭއިރު މިއީ ކިހާ ހަލުވި މިނެއްގައި ފެތުރޭ ވޭރިއެންޓެއްތޯ ބެލުން މުހިންމެވެ. ހަމަ އެއާއެކު އޮމިކްރޯން ދެނެގެނަންނާނެ ގޮތާއި މި ވޭރިއެންޓަކީ ބާރުގަދަ ވޭރިއެންޓެއްކަމުން މިއަށް ހާއްސަކޮށްފައި ވެކްސިނެއް ޖެހިދާނެތޯ އެއީވެސް ގިނަ ބަޔަކު ކުރާ ސުވާލެކެވެ.

"އޮމިކްރޮން" މި ނަމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބާވަތުގެ ކޮވިޑަށް ކަނޑައަޅާފައިވާ ރަސްމީ ނަމެވެ. އޮމިކްރޮން ގެ ކުރިން ދުނިޔެ ސިއްސުވައިލީ "އަލްފާ" އާއި "ޑެލްޓާ" ގެ ބިރުވެރިކަމުންނެވެ.

އޮމިކްރޮންއާ ބެހޭގޮތުން އެންމެ ފުރިހަމަ މައުލޫމާތު އަދިވެސް ހޯދިފައި ނުވާކަމަށާއި ނަމަވެސް މިއީ އަލްފާއާއި ޑެލްޓާއަށް ވުރެ ބާރުގަދަ، އަވަހަށް ފެތުރޭ ވޭރިއެންޓެއްކަމަށް ސައުތު އެފްރިކާގެ އެޕިޑެމިކް ފެސްޕޯންސް އެންޑް އިންނޮވޭޝަންގެ ޑިރެކްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލަފާކޮށްފައިވާ ވަރަށް ވުރެ މާ ގިނައިން އެހެން ވޭރިއަންޓްތަކާ އޮމިކްރޮން ތަފާތެވެ.

އަދި އޮމިކްރޮންއިން 50 އެއްހާ ގިނަ ތަފާތުތައް ވަނީ ފާހަގަކުރެވިފައެވެ. މި ތަފާތުތަކާއި އަލާމާތްތައް ފެންނާނީ ވައިރަހާ ހަނގުރާމަ ނުކުރެވޭނެ ފަދަ ދިފާއީ ބާރު ދަށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުންނެވެ.

އެންމެ ފުރަތަމަ ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތި ލާން ޖެހުނީ ޗައިނާގެ ވޫހަންއެވެ. ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި ބަލީގެ އަސްލަށް ބޮޑެތި ބަދަލުތަކެއް ގެނެސެ، ވެކްސިންގެ ބާރު އޮމިކްރޮން އަށް ކުރާނެތޯ މިއީވެސް އުފެދެމުންދާ ސުވާލެވެ. ގިނަ ސައިންސްވެރިން ލަފާދޭ ގޮތުގައި ވެކްސިނަގެ އަސަރު އޮމިކްރޮންއަށް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ.

އޮމިކްރޮން ވޭރިއެންޓްގައި ގިނަ އަލާމާތްތައް އެކުލެވިފައިވެއެވެ. ވުމާއެކު މިއީ ފަސޭހައިން ދެނެގަނެވޭނެ ކޮވިޑްގެ ވައްތަރެކެވެ. ހުން އައުމާއި ކެއްސުމާއި ބޮލުގައި ރިއްސުމާއި މާ އަވަހަށް ވަރުބަލިވުމާއި ވަސް ނުދުވުމާއި ރަހަ ނުލުމަކީ ބަލީގެ އާންމު އަލާމާތްތަކެވެ. ކަރުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ގައިގަ ރިއްސުމާއި ބަނޑު ދިޔާވުމުގެ އިތުރުން ލޯ ރަތްވުމަކީ މަދުން ފެނިދާނެ އާންމު އަލާމާތްތަކެވެ. އަދި ސީރިއަސް އަލާމާތްތަކުގެ ތެރޭގައި ނޭވާލުމަށް އުނދަގޫވުމާއި މޭގަ ރިއްސުމާއި ހިނގުމަށް ނުވަތަ ވާހަކަދެއްކުމަށް އުނދަގޫވުމަކީ ހިމެނޭ ކަންކަމެވެ.

އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާ ހާމަވަމުން ދިޔަ ވަރަކަށް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަމަވެސް ވޭރިއަންޓާ ގުޅިގެން ކަންބޮޑުވެ ހާސް ނުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިރުޝާދު ދެއްވައިފައެވެ.

comment ކޮމެންޓް