އޭސީސީގެ މެންބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި

އޭސީސީގެ މެންބަރު އަލީ އަޝްރަފް --

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އަލީ އަޝްރަފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އަޝްރަފް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށަހަޅުއްވާފައިވާކަން އޭސީސީގެ އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އަޝްރަފް އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އޭސީސީގެ މެންބަރުން މަސައްކަތް އަދާކުރާ މިންވަރު ބެލުމަށްފަހު، ކޮމިޓީއަށް ފެންނަ ނަމަ އެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށައިފައި ވަނިކޮށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މަރުހަލާތައް ފަށަން މިދިޔަ މަހުގެ ނުވައެއްގައި ނިންމީ އޭސީސީގެ މަސައްކަތް އެ ކޮމިޓީން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، އޭގެ ސަބަބުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހުއެވެ.

އޭސީސީގެ މެންބަރު ކަމަށް އަޝްރަފް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތެއްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް