މިސްކިތު ފަންކާގައި އަންނަނައުނު ހިއްކަން އެޅި މީހަކު ހައްޔަރުކޮށްފި، ބަންދަށް ހަތް ދުވަސް

މާލޭ ސަރަހައްދުގެ މިސްކިތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މިސްކިތެއްގައި އަންނައަނު ހިއްކަން އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިބްރާހިމް އަހުމަދެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިސްކިތުގެ ތެރޭގައި ހުއްޓައެވެ.

އޭނާއަށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ މިސްކިތުގައި ހުރި ފަންކާގައި އަންނައުނު ހިއްކަން މަސައްކަތް ކުރި ކަމަށް އެއްބަސްވެފައެވެ.

ކޯޓުން ވަނީ މިސްކިތުގެ ހުރުމަތް ކެނޑުމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމެއް ކަމުގައިވާތީ، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަހުން ވަނީ މިސްކިތްތަކެއްގެ ތެރެއަށް ތަކުރާރުކޮށް ކުޑަކަމުދިޔަ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އޭނާ ވަނީ މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ވެސް ޖަހައިފައެވެ.

comment ކޮމެންޓް