އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުން 24 ގަޑި އިރަށް އިތުރުކޮށްފި

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުން، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑި އިރަށް ބަދަލު ކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު އިތުރުކުރީ އިމުގާ ޕޯޓަލް އަޕްޑޭޓްކޮށް ނިމުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން، ހަފްތާގެ ހުރިހާ ދުވަހަކު 24 ގަޑި އިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު އިމިގްރޭޝަނުން ވަގުތީގޮތުން ކުރުކުރީ މި މަހުގެ ހަތަރުވަނަ ދުވަހެވެ.

އިމިގްރޭޝަނުން އިމުގާ އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ.

އެ ތާރީހުން ފެށިގެން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލަމުން އިމިގްރޭޝަނުން ބުނީ، އިދާރާގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް