ރިސޯޓްތަކުން މޫދަށް ކުނި އުކާލެވޭގޮތަށް ހެދި ގަވާއިދު އުނިކޮށްފި

ރިސޯޓަކުން ކުނި އުކާލުމަށް ދޯންޏަށް ބަރުކޮށްފައި ---

ރިސޯޓްތަކުން މޫދަށް ކުނި އުކާލެވޭގޮތަށް ހަދާފައިވާ ގަވާއިދު، ގާނޫނުން އުނިކޮށްފިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އެކުލަވައިލި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދު"ގެ 5.3.3 ވަނަ މާއްދާ އުނިކޮށް އިއްޔެ ވަނީ ގެޒެޓްކޮށްފައެވެ.

އެ މާއްދާގައި ބުނާގޮތުން، ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކަނޑަށް ކުނި އަޅަން ޖެހިއްޖެނަމަ، އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި، ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާނެ ތަކެއްޗެވެ. އަދި އެގޮތުން އުކާލެވޭ، އަމިއްލައަށް ފަނާވެދާ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށެވެ.

މި މާއްދާ މިހާރު އުނިކޮށްފައިވާއިރު، ރިސޯޓަކުން ކަނޑަށް ކުނި އަޅާ މައްސަލައެއް ބަލަން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ.

https://sun.mv/158516

އެ މައްސަލައިގައި، އެ ރިސޯޓްގައި ޑައިވް މާސްޓަރެއްގެ ގޮތުގައި ތާޑްޕާޓީކޮށް މަސައްކަތްކުރި ޑައިވަރަކު ވަނީ ރިސޯޓުން އުކާލި ކުނި ހޮވައި، ރިސޯޓްގެ ރިސެޕްޝަނަށް އަޅާފައެވެ. އެ މައްސަލައިގައި ޑައިވަރު ވަނީ ރިސޯޓުން ބޭރުކޮށްލާފައެވެ.

comment ކޮމެންޓް