ބީއެމްއެލްގެ ސިސްޓަމް އަޕްޑޭޓް ކުރާތީ އެކައުންޓް ބެލެންސް ސުމެއްގައި ހުރެ ދާނެ

ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ބޭންކިން ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ބީއެމްއެލްގެ އިންޓަނެޓް ބެންކިންގެ ހިދުމަތް ވަގުތީ ގޮތުން ހިދުމަތް މެދުކެނޑިއްޖެއެވެ.

ހިދުމަތް މެދުކެނޑުމާއެކު އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ބަލާއިރު އެކައުންޓުގައި ފައިސާ ހުރި ކަމަކަށް ނުދައްކައެވެ.

ބޭންކުގެ ހިދުމަތް މެދުކެނޑޭ ވަގުތުތަކުގައި އިންޓަނެޓް ބޭންކިންއިން އެކައުންޓްގައި ފައިސާ ހުރި ކަމަށް ނުދެއްކި ނަމަވެސް، މައްސަލަ ހައްލުވުމާއެކު އެކައުންޓް ބެލެންސް ރަނގަޅަށް ފެނެއެވެ.

ހިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ވިޔަފާރި ކުރުމުގައި ވެސް ބީއެމްއެލް ކާޑު މެދުވެރިކޮށް ފައިސާ ނުދެއްކެއެވެ.

ބީއެމްއެލްއިން ބުނީ ވީހާ ވެސް އަވަހަށް މި ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް އެ ބޭންކުން ކުރަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ބީއެމްއެލްއިން ވަނީ މައާފަށް އެދިފައެވެ.

comment ކޮމެންޓް