އެމްއެންޔޫއިން ޕްރޮކިއުމެންޓް ދާއިރާއަށް ކޯސްތަކެއް ފަރުމާ ކުރަނީ

އެމްއެންޔޫއިން ޕްރޮކިއުމެންޓް ދާއިރާއަށް ކޯސްތަކެއް ފަރުމާ ކުރުމަށް ބޭއްވި މަސައްކަތު ބައްދަލު ވުމުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ޕްރޮކިއުމެންޓް ދާއިރާއަށް ހާއްސަކޮށްގެން ކޯސްތަކެއް ފަރުމާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ފިނޭންސް އިން ހިންގާ ރާއްޖޭގެ ޕަބްލިކް ފައިނޭންސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި ޕްރޮކިއުމެންޓް ގެ ދާއިރާ ތަރައްގީ ކުރުމަށް ޓަކައި އެމްއެންޔޫއާ ގުޅިގެން ފަރުމާ ކުރުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

ވޯލްޑް ބޭންކުގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކަމާގުޅޭ ދާއިރާތަކުގެ ފަންނީ މުއައްޒަފުންނަށް އަމާޒުކުރެވިގެން އެމަކާ ގުޅޭގޮތުން ކުރިއަށް ގެންދާ ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް އިއްޔެ ވަނީ ފަށައިފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ގޮތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި މި ދާއިރާއާ ގުޅުންހުރި ބައެއް މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ހިމެނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ތައްޔާރުކުރަމުންދާ ޕްރޮކިއުމެންޓް ދާއިރާގެ ކޯސްތަކަށް ހާއްސަކުރެވިގެން މުގައްރަރެއް ތައްޔާރު ކުރުމަށް އެހީތެރިވާނެއެވެ.

އެމްއެންޔޫގައި ކުރިއަށްގެންދާ މި ބައްދަލުވުމަކީ މިހާތަނަށް މިދާއިރާއިން ރާއްޖޭގައި ފުޅާދާއިރާއެއްގައި މީހުން ބިނާ ކުރުމަށް ހިންގޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

comment ކޮމެންޓް