އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވެެއްދުން: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ޑޮލަރު އިތުރުވާނެފަދަ ސިޔާސަތެއް ގެންގުޅުންކަމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއްކަަމަށެވެ. އަދި ދައުލަތަށް އާމްދަނީ ހޯދާނެ ގޮތްތައް އެމްޑީޕީގެ ސަރުކާރަކަށް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 2008ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު ތައާރަފްކުރި ޓެކްސްގެ ނިޒާމަކީ އެކަމުގެ ހެއްކެެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެފަދަ ސިޔާސަތެއްކަމަށް ވެސް ވިދާޅުވިއެވެ.

"އެެހެންނަމަވެސް އެމްޑީޕީގެ އެ ސިޔާސަތުތަކުގެ ތެރެއިން ދައުލަތަށް ފައިދާވާނެ އަދި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ސިޔާސަތެއް ތަައާރަފްކުރީ އެމްޑީޕީން،" ބޮންޑޭ ވިދާޅުވިއެވެ.

އަދި މިއަދު ހިންގަމުން އަންނަ ވިޔަފާރިތަކުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީ ލިބެމުން އަންނަކަމަށް ވިދާޅުވިއެެވެ.

އެއާއެކު އޭނާ ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ވެރިކަން ކުރިއިރު ދައުލަތުގެ ބަޖެޓަށް ބަޖެޓަށް "އެންމެ ލޯ ލާރިއެއް" އިތުރުވާނެ ފަދަ ސިޔާސަތެއް ވެސް ޕީޕީއެމަށް ތައާރަފްކުރެވިފައިނުވާކަމަށެވެ.

"ނިމިދިޔަ ވެރިކަމުގައި ވެސް ދައުލަތަށް ނުލިބޭ މިންވަރަށް، ވޯޓުން ބަލިވީ އިރުވެސް ވައުދުވަނީ، ވޯޓުން ބަލިވީމަ ވެސް ޕްރޮޖެކްޓައް ހިންގަން ފެށީ،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ނުލިބޭ މިންވަރަކުން ހޭދަކުރަން ވީމާ ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށެވެ. އެއާއެކު ކުރީ ސަރުކާރުގައި ދައުލަތުގެ މާލީ ސިޔާސަތުތައް އޮތް ގޮތަށް ބޮންޑޭވަނީ ފާޑު ވިދާޅުވެފައެވެ.

"ދައުލަތުގެ އެސެޓްތައް ރަހުނުކޮށްފައި، މަގުމަތިން ވެސް ވިއްކަމުން ދިޔައީ ސޮވެރިން ގެރެންޓީ. މާލޭ މަގުމަތިން، މަގުމަތީ ބާޒާރުން ވެސް ވިއްކީ ސޮވެރިން ގެރެންޓީ. އެ މިންވަރަށް ގައުމު ދަރުވާލައިފައި މި ގޮވަނީ ވަައުދެއް ނުފުއްދޭ،" އޭނާ ވިދާޅުވިއެވެ.

ބޮންޑޭވަނީ ވަނީ ތައުލީމީ ދާއިރާގެ ކަންކަމަށް އިތުރަށް އިންވެސްޓުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ހިދުމަތްތަކަށް ބުރޫ ނާރާނެހެން ކަންކަން ބައްޓަންކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

comment ކޮމެންޓް