އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރު ކަމަށް މަހާވަރު އައްޔަނު ކޮށްފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅި އާ ސަފީރު މަގާމާއި ހަވާލު ވަނީ ---

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ކަމަށް މުނު މަހާވަރް އައްޔަން ކޮށްފިއެވެ.

އިއްޔެ އިންޑިއާގެ ރިޔާސީ ގަނޑުވަރުކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ރާމު ނާތު ކޯވިންދު ވަނީ މަހާވަރުގެ މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

މަގާމާއި ހަވާލުވުމަށްފަހު މުނު މަހަވަރް ކުރައްވާފައިވާ ޓްވީޓެއްގައި ރިޔާސީ ގަނޑުވަރަށް ދައުވަތު ދެއްވާ މަގާމުގެ ފަތްކޮޅު އެތަނުން ލިބުން ސިފަ ކުރައްވާފައިވަނީ އެއީ އޭނާއަށް ލިބުނު ފަހުރަކާއި ޝަރަފެއްގެ ގޮތުގައެވެ. އަދި ރައީސްގެ ނަސޭހަތްތަކާއި އިރުޝާދުތަކަށް ޝުކުރުވެރިވާ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ މި މި މަގާމާއި ހަވާލުވީ އިންޑިއާއިން ރާއްޖެއަށް ކުރިން ކަނޑައަޅައިފައި ހުންނަ ސަފީރު ސަންޖޭ ސުދީރުގެ ދައުރު ހަމަވުމުންނެވެ. ސަންޖޭ ސުދީރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަ ސަފީރު ކަމާއި ހަވާލުވީ 2019ވަނަ އަހަރުއެވެ. ސަންޖޭ ސުދީރު މިހާރު ހުންނެވީ އިންޑިއާއިން ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅައިފައި ހުންނަ ސަފީރުގެ މަގާމުގައެވެ.

މުނު މަހަވަރް މީގެ ކުރިން ގެންދިޔައީ އިންޑިއާއިން އޮމާނަށް ކަނޑައަޅައިފައި ހުންނަ ސަފީރުކަމުގެ މަގާމު އަދާކުުރައްވަމުންނެވެ.

އޭނާ އިންޑިއާގެ ޚާރިޖީ ހިދުމަތްތަކާ ގުޅި ވަޑައިގަތީ 1996 ވަނަ އަހަރުއެވެ. އަދިވެސް ދެމި ހުންނެވީ އެ މަސައްކަތުގައެވެ.

comment ކޮމެންޓް