ހުވަދޫ ކަނޑުން ހާލުގައި ޖެހުނު "އަލްމާ ބޯޓު" މާމެންދޫ ބަނދަރަށް ވައްދައިފި

ހުވަދޫ ކަނޑުން ހާލުގައި ޖެހުނު "އަލްމާ ބޯޓު" -- ފޮޓޯ/ އެމްއެންޑީއެފް

ކަނޑު ގަދަވުމުގެ ސަބަބުން ހުވަދޫ ކަނޑުން ހާލުގައި ޖެހުނު "އަލްމާ" ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ސަލާމަތްތެރިކަމާއެކު ގއ.މާމެންދޫ ބަނދަރަށް ވައްދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން އައްޑު އަތޮޅަށް ދަތުރުކުރި "އަލްމާ" ނަމަކަށް ކިޔާ މި ބޯޓު، ކަނޑު ގަދަވެ ދަތުރުނުކުރެވުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން، ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގއ. އެކެފަރުގެ އުތުރުން އަށެއް ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ބޯޓުގައި ފަސް ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރިއެވެ.

މި ބޯޓު، މާމެންދޫ ބަނދަރަށް ވެއްދީ ރޭގެ 9:30 ހާއިރުއެވެ.

comment ކޮމެންޓް