ސައިކަލެއްގެ ޕޮކެޓްގައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަނީ

ސައިކަލް، ޕޮކެޓްގައި އޮތް ފޯނު ވަގަށް ނެގި މައްސަލައިގައި ފުލުހުން ހޯދާ މީހާ -- ފޮޓޯ/ ޕޮލިސް

މަގުމަތީގައި ޕާކް ކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ވަނީ ފޯނު ވަގަށް ނެގި މީހާ ހޯދަން ވީޑިއޯއެއް އާއްމު ކޮށްފައެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މި އަހަރުގެ އޯގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައި މާވެޔޮމަގު އެވަކޯ ފިހާރައިގެ ކުރިމަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، އެ މައްސަލައިގެ އިންސިޑެންޓް ނަންބަރު 494671 ފާހަގަކޮށް، އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް