"އައިލިޝް"ގެ ނަމުގައި އަންނަ މަހު ނެރޭ ބިލީގެ ސެންޓު ދައްކާލައިފި

ބިލީ އައިލީޝް އޭނާގެ "އައިލިޝް" ސެންޓު ފުޅިއާއެކު

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ ސެންޓު ކަމަށްވާ "އައިލިޝް" އާއްމުންނަށް ދައްކާލައިފިއެވެ.

ބިލީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން އެ ސެންޓަކީ އޭނާ އަށް މިހާތަނަށް އެންމެ މީރު ވަސް ދުވާ ސެންޓެވެ. އަދި އެޕޯސްޓުގައި އޭނާ އާއި ސެންޓު ފުޅިއާއެކު ނަގާފައިވާ ފޮޓޯ އެއް ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި އޭނާ ވަނީ ސެންޓަކީ އޭނާގެ ދިރިއުޅުމާ އަބަދުވެސް ގުޅިފައިވާ އެއްޗެއް ކަމަށާއި އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް އެއީ އޭނާ އަބަދުވެސް ލޯބިކުރަމުން އަންނަ އެއްޗެއް ކަމަށް ބުނެފައެވެ.

"މިއީ ވަރަށް ކުރީއްސުރެ އަހަރެން ދެކެމުން އައި ހުވަފެނެއް. "އައިލިޝް" ގެ ނަމުގައި މިސެންޓު އުފެއްދުމަކީ އަހަރެން ފަހުރުވެރިވެ އުފާކުރާ ކަމެއް،" ބިލީ އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ބިލީގެ މި ޕޯސްޓަށް މިހާތަނަށް ހަ މިލިއަނަށްވުރެ ގިނަ މީހުން ލައިކް ކޮށްފައިވާއިރު ތިރީސްހާހަށްވުރެ ގިނަ ކޮމެންޓު ކޮށްފައިވެއެވެ.

މި ސެންޓަކީ ބިލީ އެއިލިޝް ގެ އެންމެ ފުރަތަމަ ސެންޓެވެ. މި ސެންޓުފުޅި ފަރުމާކޮށްފައިވާ ގޮތަށް ވަރަށް ގިނަ މީހުން ވަނީ ތައުރީފްކޮށްފައެވެ.

ބިލީ އައިލީޝް އޭނާގެ "އައިލިޝް" ސެންޓު ފުޅިއާއެކު

މީގެ އިތުރުން "ބިލީ އައިލިޝް ފްރެގްރެންސް" ގެ ނަމުގައި އިންސްޓަގްރާމު އެކައުންޓެއް ދާދި ފަހުން ހަދާފައިވާއިރު ޖުމުލަ 28،6000 އަށް ވުރެ ގިނަ މީހުން އެ ޕޭޖު ފޮލޯ ކޮށްފައިވެއެވެ.

ބިލީ އައިލިޝްގެ ލަވަތަކުގެ ތެރެއިން ބޭޑް ގާއީ އަދި ދެއާ ފޯ އައި އެމް ފާހަގަ ކޮށްލެވެއެވެ.

ބިލީގެ "އެވްރިތިންގް އައި ވޯންޓެޑް" ލަވައަށް މިއަހަރު ގްރެމީ އެވޯޑެއް ވަނީ ލިބިފައެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން އޭނާ ވަނީ ގްރެމީ އެވޯޑް ކާމިޔާބުކޮށް، ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު