ބީއެމްއެލްގެ ބޯޑަށް އައު މެންބަރުން ހޮވައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން ހޮވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ބީއެމްއެލްގެ އާންމު ޖަލްސާ (އީ.ޖީ.އެމް)ގައި، ބީއެމްއެލްގެ ބޯޑަށް އައްޔަން ކުުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ.ހިތަދޫ ވަނީ އެ ބޯޑަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ ވެސް ވަނީ ބޯޑަށް އައްޔަންކޮށްފައެވެ.

މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • ޓިމޮތީ ސޯޔާ (ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު)
  • އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
  • ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  • އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • މުހައްމަދު ޝަރާހު، ކޮތަންގެ، ގދ. ފިއޯރީ
  • އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކޮށްފައިވަނީ ތިން ޑިރެކްޓަރުންނެވެ. އެއީ އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ އާއި އަހްމަދު މުހައްމަދު، ގ. އުފާ އަދި އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ އެވެ.

comment ކޮމެންޓް