ބިލެތްދޫ ފާނަ މަސްވެރިންގެ ފުޓްސަލް މުބާރާތް: ޗެމްޕިއަންކަން ޖަވާހިރު-2 އަށް

ބިލެތްދޫ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ ތެރެއިން ---

ފ. ބިލެތްދޫ ޕޮލިސްޓޭޝަނުން އިންތިޒާމުކޮށްގެން އެ ރަށުގެ ފާނަ މަސްވެރިންނަށް ހާއްސަކޮށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަވާހިރު-2 ދޯނިން ހޯދައިފިއެވެ.

މިއީ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ރަށެއްގައި ބޭއްވޭ ފުރަތަމަ ފުޓުސަލް މުބާރަތެވެ. މި މުބާރާތް ކުރިއަށް ދިޔައީ މި މަހުގެ 18 އިން 23 އަށް ލީގު އުސޫލުންނެވެ. މި މުބާރާތުގާއި ބިލެތްދޫގާ ފާނަ މަސްވެރިކަން ކުރާ 06 ދޯންޏަކުން ވަނީ ބައިވެރިވެފައެވެ.

މިއަދު ހަވީރު ބިލެތްދޫ ފުޓުސަލް ދަނޑުގާއި ކުޅުނު ފައިނަލް މެޗް ގައި ބައްދަލުކުރީ ޖަވާހިރު-2 ދޯންޏާއި ރަސްމަގު-4 ދޯންޏެވެ. ފޯރިގަދަ ކުޅުމަކަށްފަހު ފައިނަލުން މޮޅުވީ ޖަވާހިރު-2 ދޯންޏެވެ. އެ މެޗުގެ
ސްކޯރ އަކީ ޖަވާހިރު-2، 6ގޯލު - ރަސްމަގު -4. 3 ގޯލެވެ.

ބިލެތްދޫ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ ތެރެއިން ---

މި މެޗު ޝަރަފުވެރިކޮށްދެއްވީ ބިލެތްދޫ ކައުންސިލްގެ ރައީސް އަހްމަދު އަސްލަމްއެވެ.

މުޅި މުބާރާތުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަވާހިރު-2 ދޯނީގެ ގެ ސިފުނީޒު ނާސިރުއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ރަސްމަގު4 ދޯނީގެ ވިޝާމް ހަލީލެވެ. އޭނާ ވަނީ އެ މުބާރާތުގައި ޖުމުލަ 18 ގޯލު ޖަހައިފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ރަސްފަރި ދޯންޏެވެ.


އަދި އެހެންމެ މުބާރާތުގެ އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔެއް ވެސް ވަނީ ހޮވައިފައެވެ. އެ މަގާމު ލިބުނީ ޖަވާހިރު-2 ގެ އީސަބެއަށެވެ. މީގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސާވިލް ސާމިލްއެވެ.

މޮޅު 5ކުޅުންތެރިން
ސިފުނީޒު ނާސިރު: ޖަވާހިރު-2
ވިސާމް ހަލީލް: ރަސްމަގު-4
އަހުމަދު ހަސަން: ކަޅިރަވަ-3
ފައުޒާން ފަވާޒު: ޖަވާހިރު-2
ހިސާން : ރަސްފަރި

comment ކޮމެންޓް