ހިޔާ ފްލެޓު ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދިނަސް ސަރުކާރަށް ގެއްލުމެއް ނުވާނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް

ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ ކުލި ދެއްްކުން އެ އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިން ނަމަވެެސް ސަރުކާރަށް އޭގެ ސަަބަބުން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ އަޑިގަނޑާއެކު ރާއްޖޭގެ ވިޔަފާރިތަކަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. އަދި އާންމު ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ.

"އަދި ހާއްސަކޮށް ފްލެޓަށް ބަދަލުވެގެންދާ ފަރާތްތަކަށް. މި ކުލި އެއް އަހަރު ދުވަހަށް ލަސްކޮށްދިނަސް ދައުލަތަކަސް ގެއްލުމެއް ނުވާނެ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކުލި ދެއްކުން ލަސްކޮށްދިން ކަމުގައިވީ ނަމަވެސް ނުސީދާ ގޮތުން ދައުލަތަށް އެ ފްލެޓްތަކުން އާމްދަނީ ލިބޭނެކަމަށެވެ.

އެގޮތުން ޓެކްސް ނިޒާމުގެ ތެރެއިން އެއް އަހަރުގެ ތެރޭ 58 މިލިއަން ރުފިޔާ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އޭނާ ވަނީ ކުލި ލަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިިންމަން ކުރީ ސަރުކާރަށް އޭގެ ލޯނު ލިބިފައިވާކަމަށެވެ. ނަމަވެސް ވައްކަމުގެ ތެރެއިން ފައިސާ ބޭނުންކޮށްފައިވާކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

"480 މިލިއަން ޑޮލަރުގެ ތެރެއިން، ޕީޕީއެމް ސަރުކާރުން އެ ނަގާފައިވާ ފައިސާ އެ ތަހުގގީގުކުރަން ޖެހޭ. ތަށިމުށްޓަަށްވީ ފައިސާ ދޮރުތަކަށްވީ ގޮތް އޮޅުން ފިލުވަންޖެހޭ. ތަށިމުށިތަކާއި މި ދެންނެވި ދޮރުތަކަށް ވީ ފައިސާ ރިޝްވަތުގެ ގޮތުގައި ނެންގެވީ އެ ފަރާތުން. މުޅި ރަށުތެރޭ ތުންތުން މަތިން ދައްކާ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް