އަނގަފާރު އެޅީމަ ދެން ހަދާނީ ކިހިނެއް؟

އަނގަފާރު އެޅުމަކީ ނުހަނު ވޭން ހުރިކަމެކެވެ. އަނގައިގައި ކިތަންމެ ކުޑަ ފާރުކޮޅެއް އިނަސް ދެތިން ހަތަރު ދުވަސްވަންދެން ރަނގަޅަށް ނުކެވި ހުންނަން ޖެހިދާނެއެވެ.

ދިލަ ތަދެއް ނަގާ މި ފާރު އާންމުންކޮށް ނަގާ އުޅެނީ ތުންފަތުގެ އެތެރެ ފަޅީގަޔާއި ހިރުގަނޑުގެ އިތުރުން ދުލުގައެވެ. މި ފާރުގެ ސަބަބުން އަނގަ ހަލުވާލަން ނުކެރޭވަރު ވެސް ބައެއް ފަހަރު ވެއެވެ. އާންމުކޮށް އަނގަފާރު އެޅުމުން ގިނަ ދިވެހިން ބޭނުން ކުރަނީ ބޮންޖަލާއެވެ. މި ލިޔުމުގައި ހިމަނާލާނީ ގޭގައި ތައްޔާރު ކުރެވޭނެ ބައެއް ތަކެއްޗަށެވެ.

އަލޯވެރާ ކޮޅަކާ ފެންފޮދަކާ އެއްކޮށްލުމަށްފަހު އަނގަތެރެ ދޮވެލާށެވެ. އަނގަ ދޮވެލާއިރު ފާރު ހުރި ތަންތަނުގައި ފެން ޖެއްސުން ވަރަށް މުހިއްމެވެ. ދިވެހިންނަކީ ދުފަން ނުހަނު ފޯރި ހުންނަ ބައެކެވެ. ދުފާއިރު ބޭނުންކުރާ ކަރަންފޫ އަކީ ބެކްޓީރިއާ ނައްތާލާ އެއްޗެކެވެ. އެހެންކަމުން އަނގަފާރުން ސަލާމަތްވުމަށް ކަރަންފޫއެއް ކާލާށެވެ. ކާށި ތެޔޮ އަކީ ވެސް އަނގަފާރުވުން އަވަހަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ފާރުކޮޅުގައި ކާށި ތެޔޮ ކޮޅެއް ހާކާލުމުން އެތަން ވަރަށް އަވަހަށް ފަސޭހަވާނެއެވެ. މީގެ އިތުރުން ރީނދޫކޮޅަކާ ކުޑަ ފެންކޮޅަކާ ރަނގަޅަށް އެއްކޮށްލުމަށްފަހު ފާރުކޮޅުގައި ހާކާލާށެވެ. 15 ވަރަކަށް މިނެޓު ފަހުން ރަނގަޅަށް އަނގަތެރެ ދޮވެލާށެވެ. އެއިރުން އަނގަފާރުން ސަލާމަތްވާލެ އަވަސްވެގެންދާނެއެވެ.

އާންމުގޮތެއްގައި ގިނަގިނައިން އަނގަފާރުވަރީ ދުންފަތުގެ އިސްތިއުމާލުކުރާތީއެވެ ދަތްޕިލައިގައި އަޅާ ނަރުގަނޑުގެ ސަބަބުުން ވެސް އަނގަފާރުވާން ދިމާވެއެވެ. އެލާޖީ އެއްގެ ސަބަބުން ނުވަތަ ބެކްޓީރިއާ އުފެދިގެން ވެސް އަނގަފާރުވާން ދިމާވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު