މުރްނާލް، "ޕިއްޕާ"ގެ ޝޫޓިން ނިންމާލައިފި

ޕިއްޕާގެ އަންހެން ލީޑު ރޯލުން ފެނިގެންދާ ބަތަލާ، މުރްނާލް ތާކޫރު---

ބަަތަލާ މުރްނާލް ތާކޫރު, ފިލްމު "ޕިއްޕާ"ގެ ޝޫޓިން ނިންމާލައިފިއެވެ.

އެ ފިލްމުގެ ފިރިހެން ލީޑު ރޯލު ކުޅެނީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާއެވެ.

ފިލްމުގެ އަންހެން ލީޑު ތަރި މުރްނާލް ބުނީ ކުރެވުނު ސަޅި ދަތުރު ނިމުމަކާ ހަމައަށް އައިސްފި ކަމަށާއި ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މި ފިލްމަކީ އޭނާއަަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ.

"ޕިއްޕާ" އަކީ ހަނގުރާމަ ފިލްމެކެވެ. ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ އާއި ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ބްރިގޭޑިއާ ބަލްރާމް ސިންހް މެހެތާގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބަލްރާމްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ އިޝާން އެވެ. ބްރިގޭޑިއާ ބަލްރާމްއަކީ 1971 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނު ކުރި ހަނގުރާމައިގައި މަސައްކަތް ކުރި އަސްކަރީ އޮފިސަރެކެވެ.

ފިލްމާ ގުޅޭގޮތުން އިޝާން ބުނީ ބަލްރާމް ފަދަ ވަރުގަދަ މީހެއްގެ ރޯލު ކުޅެލަން ލިބުމުން އުފާވާ ކަމަށާއި ކެރިއަރުގެ ކުރީކޮޅު ބޮޑު ފިލްމެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ފިލްމުގެ ޓެގްލައިނަކީ "1971: އަ ނޭޝަން ކަމްސް އޮފް އޭޖް" އެވެ.

comment ކޮމެންޓް