އަތޮޅު ތެރެއިން 61 ކޭސް، ޖުމުލަ އަދަދު 100އިން ދަށަށް

އާރުއާރުޓީ ޓީމުން މަގުމަތީގައި ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮވިޑް-19ގައި އަތޮޅުތަކުން 61 މީހުންނާއެކު މިއަދު ޖުމްލަ 95 ކޭސް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 4،403 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 32 މީހެއްގެ އިތުރުން، އަތޮޅުތަކުން 61 މީހަކާއި ރިޒޯޓުތަކުން ދެ މީހަކު ޕޮސިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،579އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1،566 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 19 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 84،579 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 231 ގައެވެ.

comment ކޮމެންޓް