ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި އެލާޖީއެއްގެ އަސަރު ހުރިތޯ ބަލައިލެވޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިއާ، ނޯސް، ތުރޯޓް (އީ.އެން.ޓީ) އަދި ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ފަރާތުން ތައާރަފްކުރި މި ހިދުމަތްތަކުގެ އެހީގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްވެސް އެލާޖީއެއްގެ އަސަރެއް ހުރިތޯ ބަލާލެވެއެވެ.

އާންމު ގޮތެއްގައި ސްކިން ޕްރިކް އެލާޖީ ޓެސްޓް ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ ތަކެއްޗަށް ނުވަތަ ހިރަފުހަށް އެލާޖިކް ވޭތޯ ބެލުމަށެވެ. ބޮޑެތި މީހުންގެ ގައިގައި މި ޓެސްޓް ހަދާނީ މީހާގެ އަތުގައެވެ.

ސްކިން ޕްރިކް އެލާޖީ ޓެސްޓިން ހެދުމަށްޓަކައި ހާއްސަ ކަށްޓެއް ބޭނުންކުރެއެވެ. އެހެން ނަމަވެސް މި ޓެސްޓަކީ އެއްވެސް ވަރަކަށް ތަދު އިހުސާސް ނުކުރެވޭ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވޭ ޓެސްޓެކެވެ.

ޓްރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީ.އެން.ޓީ ޑިޕާޓްމަންޓަކީ ކަންފަތް، ނޭފަތް، ސައިނަސް، އަޑުފޮށި، އަނގަ އަދި ކަރުތެރޭގެ ބަލިތަކަށް ހާއްސަ ކުރެވިފައިވާ ޑިޕާޓްމަންޓެކެވެ.

އެތެރެހަށީގެ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ފުއްޕާމޭގެ ހާއްސަ ޑިޕާޓްމަންޓަކީ ފުއްޕާމޭ، މޭ އަދި ނޭވާހޮޅިއާބެހޭ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މީގެ އިތުރުން ނޭވާލުމުގައި ދިމާވާ އުނދަގޫ ތަކާއި، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީ.އޯ.ޕީ.ޑީ)، އިންޓަސްޝިއަލް ލަންގް ޑިސީސް، ލަންގް މެލިގްނެންސީސް، މޭގެ އިންފެކްޝަންތައް އަދި ނިދުމުގެ މައްސަލަތައްކަށް ފަރުވާކޮށްދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ އީ.އެން.ޓީ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ޑރ. ރަވަލްއަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން، ކުއްލި ފަރުވާ، އައި.ސީ.ޔޫ އަދި އޮޓޮލޮޖީ ސާޖަރީ ކުރުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ޑޮކްޓަރެކެވެ.

ޑރ. ރަވަލްއަކީ ރަވަލް ސާޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތެވެ. އަދި ދާދި ފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީ.އެން.ޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް ޑރ. ރަވަލް މަސަތްކަތް ކުރައްވާފައިވެއެވެ. ފުއްޕާމޭގެ ހާއްސަ ޑަކްޓަރު، ޑރ. ރަގުލާންއަކީ ސިއްހީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ރަގުލާންއަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސާޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ.​

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް