ސިއްހީ އެތައް ފައިދާއެއް އެކުލެވޭ ސަފަރްޖަލް ރާއްޖޭގައި ވިއްކަން ފަށައިފި

ގދ. ތިނަދޫގައި ހުންނަ ގިފާ ފާމަސީ އެންޑް ލެބޯޓްރީއިން ވިއްކާ ސަފަރްޖަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީވެދީ، ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ ސަފަރްޖަލް ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.

ސަަފަރްޖަލްއަކީ ރާއްޖޭގައި މުޅިން އަަލަށް ވިއްކަން ފެށި އެއްޗެކެވެ. މީގެ އިތުރުން އަލަށް އާ ދެ ޕްރޮޑަކްޓެއް ވެސް އެ ފިހާރައިން ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ސަފަރްޖަލް ވިއްކަނީ ގދ. ތިނަދޫގައި ހުންނަ ގިފާ ފާމަސީ އެންޑް ލެބޯޓްރީއިންނެވެ. މި ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ގަންނަން ލިބޭނެއެވެ. އަދި މާލޭގެ ކޮންމެ ތަނަކަށް ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެއެެވެ.

ސަފަރްޖަލްއަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް އެކުލެވިގެންވާ މޭވާއެކެވެ. އޭގެ ތެރޭގައި މޭ މައްޗަށް އަރާ ތަދުތައް ފިލުވުމާއި، ގޭސްޓްރިކް މައްސަލައާއި، ހަށިގަނޑުގެ ހަޖަމްކުރުމުގެ ނިޒާމު ރަނގަޅުކުރުމަަށް މި މޭވާ އެހީތެރިވެދެއެެވެ. މީގެ އިތުރުން ހިތުގެ ހިނގުން ރަނގަޅުކޮށްދީ ހިތުގެ އެކި މައްސަލަތަކުން ދުރުކޮށްދިނުމަށް ވެސް ސަފަރްޖަލް އެހީތެރިވެދެއެެވެ.

ގދ. ތިނަދޫގައި ހުންނަ ގިފާ ފާމަސީ އެންޑް ލެބޯޓްރީއިން ވިއްކާ ސަފަރްޖަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ދެން އެ ފާމަސީއިން ވިއްކަން ފަށާފައިވަނީ މާމުއިގެ މުޅިން އާ ބްރޭންޑެކެވެ. އެ ފާމަސީން ވިއްކާ ސިދުރު މާމުޔަކީ އެއްވެސް އިތުރުކުރުމެއް އަޅާފައި ނުހުންނަ އަސްލު މާމުޔެކެވެ. އެެހެންކަމުން މި މާމުއިގެ ރަހައާއި އޭގެން ލިބޭ ފައިދާ އެތައް ގޮތަކުން ރަނގަޅުވާނެކަމަށް އެ ފާމަސީން ބުނެއެެވެ.

ގދ. ތިނަދޫގައި ހުންނަ ގިފާ ފާމަސީ އެންޑް ލެބޯޓްރީއިން ވިއްކާ ސިދުރު މާމުއި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން އެ ފާމަސީން އަލަށް ވިއްކަން ފަށާފައިވަނީ އަރޮޅި މުރައްބާއެެވެ. އަރޮޅި މުރައްބާ އަކީ ވެސް އެތައް ފައިދާއެއް އެކުލެވޭ މޭވާއެކެވެ. އެގޮތުން އަރޮޅި މުރައްބާ އަކީ ގޭސްޓްރިކްގެ މައްސަލަތަކަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ މުހިންމު މޭވާއެކެވެ.

ގދ. ތިނަދޫގައި ހުންނަ ގިފާ ފާމަސީ އެންޑް ލެބޯޓްރީއިން ވިއްކާ އަރޮޅި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިފާ ފާމަސީން ވިއްކަން ފަށާފައިވާ މި އުފެއްދުންތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއްކާ އުފެއްދުންތަކެކެވެ. ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާއިރު މިއީ އަޖުމަ ބަލައިލުން މުހިންމު އުފެއްދުންތަކެކެވެ.

އެ އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު ގިފާ ފާމަސީގެ ނަމްބަރު 9100034 އިން ލިބޭނެއެވެ.

comment ކޮމެންޓް