ވޭނެއް ކޮންޓްރޯލުން ނެއްޓި، ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑުގައި ޖެހިއްޖެ

އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑުގައި ޖެހިފައި -- ފޮޓޯ/ އެމްވީ ކްރައިސިސް

އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި, ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑުގައި ޖެހިއްޖެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 14:00ގައިކަމަށެވެ.

އެގޮތުން އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލުން ނެއްޓި، ރެސްޓޯރެންޓުގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑުގައި ޖެހިފައި -- ފޮޓޯ/ އެމްވީ ކްރައިސިސް

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެެވެ. ނަމަވެސް ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވަގުތު ރެސްޓޯރަންޓުގެ އެތެރޭގައި ތިބި ދެ މީހަކަށް ކުދި އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް