"ޓީން ވުލްފް" އެނބުރި އަންނަނީ

ޓީން ވުލްފްގެ މައިގަނޑު ދެ ކެރެކްޓަރު---

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ޓީން ވުލްފް"ގެ ފިލްމެއް ގެނެސްދޭން ނިންމާލައިފިއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދައްކަން ފެށި މި ސީރީޒް ނިންމާލާފައިވަނީ 2017 ވަނަ އަހަރުއެވެ. ޖުމްލަ ހަ ސީޒަން ގެނެސްދިން އިރު މި ސީރީޒް އަކީ މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ސީރީޒެވެ. ސީރީޒް ނިމުމަކަށް އައި ނަމަވެސް ގިނަ ބަޔަކު އަންނަނީ އަދިވެސް ޓީން ވުލްފް ފަށައިގެން ބަލަމުންނެވެ.

ރޭ "ޓީން ވުލްފް"ގެ މައިގަނޑު ކެރެކްޓަރު ސްކޮޓް މަކޯލް (ޓައިލާ ޕޮސީ) އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާންމުންގެ އެދެމުގެ އަޑު އެމީހުންނަށް އިވިއްޖެ ކަމަށާއި ދެން އޮތީ ކުޑަ ދުވަސްކޮޅަކަށް އިންތިޒާރުކުރުން ކަމަށެވެ. ސީރީޒްގެ ޓީމުން ނިންމީ ޓީން ވުލްފް ގެ ފިލްމެއް އަންނަ އަހަރު އާންމުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ޒުވާނުންގެ މެދުގައި މަގްބޫލުވެގެން ދިޔަ މި ސީރީޒް އަކީ އިންސާނީ ވެއާ ވުލްފް ތަކެއް ފެނިގެންދާ ސީރީޒެކެވެ. މި ސީރީޒް އިން ފެނިގެންދާ މައިގަނޑު ތަރިންނަކީ ޑިލަން އޯބްރިއަން، ޓައިލާ ހޯޗްލިން، ހޮލޭންޑް ރޫޑެން، ކޮލްޓޮން ހޭންސް އަދި ކްރިސްޓަލް ރީޑްއެވެ. މި ސީރީޒަކީ ޖެފް ޑޭވިސް ޑައިރެކްޓްކޮށް ގެނެސްދިން ސީރީޒެކެވެ.

"ޓީން ވުލްފް" ސީރީޒަކީ 1985 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ސީރީޒެކެވެ.

comment ކޮމެންޓް