މިހާތަނަށް ދުނިޔޭގައި އުޅުނު އެންމެ އުމުރު ދިގު އެއްމާބަނޑު ދެބެންގެ ރިކޯޑް މުގުރާލައިފި

މިހާތަނަށް ދުނިޔޭގައި އުޅުނު އެންމެ އުމުރު ދިގު އެއްމާބަނޑު ދެބެންގެ ރިކޯޑް، ޖަޕާނުގެ އުމުރުން 107 އަހަރުގެ ދެމީހުން ހޯދައިފިއެވެ.

އުމެނޯ ސުމިޔަމާ އާއި ކޮއުމެ ކޮޑަމަ ދެމީހުންވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެހެންކަމުން އެއްމާބަނޑު ދެމީހުން އެއްކޮށް އެންގެ ގިނަ ދުވަހު ދުނިޔޭގައި ތިބި ދެމީހުންގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން އެމީހުނަށް ވަނީ ޖާގަ ލިބިފައެވެ.

ހޯމަ ދުވަހު ދުނިޔޭގެ ރެކޯޓް ފޮތުން ބަޔާން ނެރުނު ގޮތުގައި، 5 ނޮވެމްބަރު 1913 ގައި އުފަންވި މި ދެމީހުނަށް 107 އަހަރާ 300 ދުވަސް ވީ މި މަސް ފެށުނު އިރު އެވެ.

އެ ދެމީހުން މިހާރު އުޅެމުން ދަނީ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ދެ ތަނެއްގައެވެ.

ސުމިޔަމާ އާއި ކޮޑަމަ އެއްމާބަނޑު ދެބެންނަށް ވުމުން، ކުޑައިރު ބުލީގެ ޝިކާރައަކަށް ވިއެވެ. އެހެންކަމުން ޅަ އުމުރުގައި ވެސް ދެމީހުން ދިރިއުޅުނީ ދުރުގައެވެ.

އެހެންކަމުން އާއްމު ގޮތެއްގައި ދެމީހުން ބައްދަލު ވަނީ ކައިވެނި ހަފްލާތަކުންނާއި ޖަނާޒާ ތަކުންނެވެ.

ނަމަވެސް އުމުރުން 70 އަހަރަށް އެޅި ފަހުން، އެމީހުން ގަބޫލު ކުރާ ދީނުގެ ކަންކަމުގައި އެކުގައި ބައިވެރި ވިއެވެ.

ކުރީގައި ޖަޕާނުގެ އެންމެ އުމުރު ދިގު އެއްމާބަނޑު ދެބެންގެ ރެކޯޓް އޮތް ކިން ނެރިޓާ އާއި ގިން ކެނީ ގެ ރެކޯޑް ބިންދާލާނެ ކަމަށް ސުމިޔަމާ އާއި ކޮޑަމަ މަޖަލަކަށް ހަދައިގެން ކިއެވެ. ނަމަވެސް ހަގީގަތަށް އެ ރިކޯޑް މުގުރާލެވޭނެ ކަމަކަށް އެދެމީހުން އުންމީދެއް ނުކުރެއެވެ.

އެ ދެމީހުންގެ 99 ވަނަ އުފަންދުވަހު، ކުރީގެ ރެކޯޑް އޮތް ދެމީހުންގެ ފޮޓޯއަކަށް ބެލުކަށްފަހު ސުމިޔަމާ ބުނީ 'އަހަންނަށް ހީވަނީ، އަހަރެމެން އެމީހުނަށްވުރެ ޅަ' ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެ ދެމީހުންނަށް ސެޓްފިކެޓް ފޮނުވީ ޕޯސްޓް މެދުވެރިކޮށެވެ.

ސެޓްފިކެޓް ފެނުމުން ސުމިޔަމާއަށް އަށް ރޮވުނުކަމަށް އޭނާ ބަލަހައްޓާ ތަނުގެ މުވައްޒަފުން ބުންޏެވެ.

ކޮއުމާގެ ހަނދާނުގެ މައްސަލައަކާ ގުޅިގެން، އެ ސެޓްޕިކެޓް ލިބުނުކަން އޭނާއަށް އެހާބޮޑަކަށް ނޭނގެއެވެ.

https://edition.cnn.com/2021/09/21/asia/japan-oldest-identical-twins-record-scli-intl/index.html?utm_term=link&utm_content=2021-09-21T15%3A40%3A03&utm_medium=social&utm_source=twCNNi

comment ކޮމެންޓް