މިއީ ހުސްބަނޑަށް ހުރެ ބޭނުންކުރަން ނުވާނެ ކާބޯތަކެތި!

ހުސް ބަނޑަށް ހުރެ ބޭނުންކުރަން ނުރަނގަޅު ކާބޯތަކެތި ހުރެއެވެ. ސަބަބަކީ އެފަދަ ކާނާ ކެއުމުން ސިއްހަތަށް ނޭދެވޭ އަސަރު ފޯރައި، ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާތީއެވެ.

ބައެއް މީހުން ހެނދުނު ހޭލުމަށްފަހު، ނާސްތާއެއްގެ ބަދަލުގައި ހަމައެކަނި ކޮފީ ތަށްޓަކުން ފުއްދާލައެވެ. އެހެން ނަމަވެސް ހުސް ބަނޑަށް ހުރެ ހަމައެކަނި ކޮފީ ބޮއެފިނަމަ، އެސިޑް ރިފްލަކްސް ނުވަތަ ބަނޑުގައި ހުންނަ ގޭސް (އެސިޑް)، ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުގެ މައްސަލަ ކުރިމަތިވެއެވެ.

މީގެ އިތުރުން ބައެއް ބާވަތުގެ ބޭހަކީވެސް ހުސް ގޮހޮރާހުރެ ކެއުން މަނާ ތަކެއްޗެވެ. އެގޮތުން ޕެރެސެޓްމޯލް އަދި ޕެއިން ކިލާފަދަ ބާރުގަދަ ބޭސްތައް ކެއުމުން ގޭސްޓްރިކް ބްލީޑިންގް ފަދަ ބަލިތައް ޖެހެއެވެ. އެހެންކަމުން އާފަލެއް ނުވަތަ ދޮންކެޔޮ ވަކެއް ކެއުމަށްފަހު ބޭސް ކެއުން މުހިންމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހުސްބަނޑަށް ހުރެ ޗުއިން ގަމްއަކީ ވެސް ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ހަޖަމު ކުރަން އުނދަގޫވެ، ބަނޑަށް ނޭދެވޭ އަސަރުތަކެއް ފޯރާތީއެވެ.

ހެނދުނު ހޭލާ ގޮތަށް އެއްވެސް އެއްޗެއް ނުކައި ހުރެ ރެޑްބުލް ފަދަ ބާރުގަދަ އެނާޖީ ޑްރިންކްސް ބުއިމަކީ ޒުވާނުންގެ ފަރާތުން ފެންނަ ނޭދެވޭ އާދައެކެވެ. ނަމަވެސް އެނާޖީ ޑްރިންކްގައި ހުންނަ ބާރުގަދަ އެސިޑްތަކުގެ ސަބަބުން ބަނޑަށާއި ސިއްހަތަށް ނޭދެވޭ އެތައް އަސަރުތަކެއް ފޯރާނެއެވެ. އަދި މިއީ ގޭސްޓިކް ބައްޔަށް ވެސް މަގުފަހިވާ ކަމެކެވެ.

އެހެންކަމުން މިފަދަ ތަކެތި ހުސްބަނޑަށް ހުރެ ކެއުމާއި ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މީގެ އިތުރުން، ހުސް ގޮހޮރާހުރެ ނިދުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.

comment ކޮމެންޓް