ޑްރައިޕާސްގެ ނެޕީ ސެޓެއް ގަތުމުން އިތުރު އެއް ސެޓު ހިލޭ!

ޑްރައިޕާސް ކްލޭސިކް ޕޭންޓްސް ނެޕީ ސެޓު -- ފޮޓޯ/ އެޑީކޭ ޖެނެރަލް ޓްރޭޑިން

ޑްރައިޕާސް ކްލެސިކް ޕޭންޓްސްގެ ނެޕީ ސެޓެއް ގަތުމުން އިތުރު އެއް ސެޓު ހިލޭ ލިބޭ ޕްރޮމޯޝަނެއް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ސެޕްޓެމްބަރު 30ވަނަ ދުވަހުގެ ކުރިން ސްޓޮކް ހުސްވެއްޖެ ނަމަ ޕްރޮމޯޝަން ނިމޭނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާ ފިހާރަތައް؛

  • އޭޑީކޭ ޖެނެރަލް ޓްރޭޑިން (ބޮޑުތަކުރުފާނު މަގު)
  • ޖީޓީ ސްނެޕް (ސޯސަން މަގު)
  • ގަންނަ މާޓު (ބުރުޒު މަގު)

މީގެ އިތުރުން އޭޑީކޭއިން ކަނޑައަޅާ ފާމަސީތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޑްރައިޕާސް ކްލެސިކް ޕޭންޓްސްއާއި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ބަލައިލެވޭނެއެވެ.

comment ކޮމެންޓް