ފިޔަވަތީގައި ހުރި ކުއްޖަކު ބަލައި އެކުއްޖާގެ މަންމަ ދިޔުމުން މައްސަލަ ހޫނުވެއްޖެ

17 ސެޕްޓެމްބަރު 2021: ހުޅުމާލޭ ފިޔަވަތިން ކުޑަކުއްޖަކު ނެރިގެން ގެންދަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ހުރި ކުއްޖަކު ބަލައި އެ ކުއްޖާގެ މަންމަ އައުމުން އެ ތަނުގެ މައްސަލަ އިތުރަށް ހޫނު ވެއްޖެއެވެ.

ފިޔަވަތީގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެތަނުގައި ދިރިއުޅޭ ކުއްޖެއްގެ މަންމަ ކަމަށް ބުނެ، އަންހެނަކު މިރޭ ވަނީ ފިޔަވައްޗަށް ވަންނަން މަސައްކަތް ކޮށްފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ "ސަން"ގެ ނޫސްވެރިޔާ ކިޔައިދިން ގޮތުގައި އަންހެން މީހާ ވަނީ ފިޔަވަތި ހުރި ސަރަހައްދަށް ގޮސް، އޭނާގެ ދަރިފުޅު އޭނާއަށް އަނބުރާ ދިނުމަށް އެދިފައެވެ.

އަންހެން މީހާ ފިޔަވަތި އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުންނާއި އެތަނުގެ ބައެއް މުވައްޒަފުން ވަނީ އޭނާ ވަނުމަށް ހުރަސް އަޅައިފައެވެ.

އަންހެން މީހާ އައީ ތަކުރާރުކޮށް އޭނާގެ ދަރި ކުޑަކުދިންގެ ހިޔާއަށް ލީ އޭނާގެ ރުހުމުގައި ނޫން ކަމަށާއި އޭނާގެ ދަރި އަނބުރާ ދިނުމަށް އެދެމުންންނެވެ.

ފުލުހުން މިހާރު ވަނީ އަންހެން މީހާއަށް ނަސޭހަތް ދީ އޭނާ އެތަނުން ދުރަށް ޖައްސައިފައެވެ.

comment ކޮމެންޓް