ފޮޓޯ އަދި ވީޑިއޯ ނަގައި މިއުޒިކް އަޑު އަހާލެވޭ އައިނެއް

ފޭސްބުކާއި ރޭބަން ކުންފުނި ގުޅިގެން ތަފާތު އައިނެއް ލޯންޗު ކޮށްފިއެވެ.

މި އައިނަކީ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ އިތުރުން މިއުޒިކް ވެސް އަޑު އަހާލެވޭނެ އައިނެއް ކަމަށް ފޭސްބުކުން ބުނެއެވެ. އަދި މި އައިނަކީ ފޯނު ކޯލްތަކަށް ވެސް ޖަވާބު ދެވޭނެ ސްމާޓް އައިނެއްކަމަށް ފޭސްބުކް އިން ބުނެފައިވެއެވެ. މި އައިނު 299 ޑޮލަރަށް އޮންލައިންކޮށް ގަންނަން ލިބޭނެއެވެ.

ކެޕްޝަން..

ފޭސްބުކުން ބުނެފައިވަނީ މި އައިނަކީ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބަކުން އުފައްދާފައި ނުވާވަރުގެ މޮޅު އައިނެއް ކަމަށާއި ޖުމުލަ 20 ސްޓައިލް އަކަށް އެ އައިނުތައް ފަރުމާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފޭސްބުކް އެސިސްޓެންޓް ވޮއިސް ކޮމާންޑް ބޭނުންކޮށްގެން އައިނުގައި އަތް ނުލައި ވީޑިއޯ ނަގާލެވޭނެއެވެ. ހަމައެހެންމެ، ކެމެރާގައި ފަސް މެގަޕިކްސެލްސް ހިމެނިގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު