ކޮފީ ބުއިމަކީ ކަންބޮޑުވުންތަކުން ދުރުކޮށްދޭ ކަމެއް

ސައިންސުވެރިންގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުން ކޮފީއަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކާއި، ހަށިގަނޑަށް ފައިދާ ހުރި ނިއުޓްރިއެންޓްސް އެކުލެވިގެންވާ އެއްޗެކެވެ.

ހާވާޑް ޔުނިވާސިޓީން 2011 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު ހަތަރު ކޮފީ ތަށި ބުއިމަކީ ކަންބޮޑުވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮފީ ނުބޯ މީހުންނާ އަޅާ ބަލާ އިރު، ކޮފީ ބޯ މީހުން "ޑިޕްރެސް" ވުމުގެ ފުރުސަތު 20 ޕަސެންޓު ކުޑަވާ ކަމަށް ދިރާސާގެ ނަތީޖާއިން ދޭހަވިއެވެ.

މީގެ އިތުރުން ކޮފީ ބުއިމަކީ ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން ފުއްޕާމޭގެ ކެންސަރު އަދި ކޮލެރެކްޓަލް ކެންސަރު ޖެހުމުގެ ރިސްކު 40 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މީހާގެ އުމުރު ދިގު ކޮށްދޭންވެސް ކޮފީ އެހީވެދެއެވެ. އެގޮތުން މަރުވުމުގެ ރިސްކު 30 ޕަސެންޓަށް ކުޑަ ކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

ކޮފީ

ކޮފީގެ ސިއްހީ ފައިދާތަކުގެ ތެރެއިން ހަށިގަނޑަށް މުހިއްމު މާއްދާއެއް ކަމަށްވާ "ގުލްކޯޒް" އުފައްދައިދެއެވެ.

ހަމައެހެންމެ، ސިއްހީ ފައިދާ ތަކުގެ އިތުރުން، ކޮފީ ބުއިމުން ހަށިގަނޑަށް ތާޒާކަން ލިބި ވަރުބަލިކަން އިހުސާސް ވުމުން ދުރުކޮށްދެއެވެ.

މީގެ އިތުރުން، ވަރަށް ގިނަ ސައިންޓިސްޓުން ބުނާގޮތުން، ކޮފީގައި "ކެފެއިން" ހުރި ނަމަވެސް 400 މިލިގުރާމުގެ ކެފެއިން އަންހެނުންނަށް ބުއިން ހުއްދަވެގެންވެއެވެ. ނަމަވެސް، މާބަނޑު އަންހެންނަށާއި ގާތުން ދޭ އަންހެނުންނަށް ހާލަތު ތަފާތުވާނެއެވެ.

comment ކޮމެންޓް