އިސްތަށި ފޭބުން މަދު ކުރުމަށާއި ހަންގަނޑު އޮމާން ކުރުމަށް މިކާނާތައް!

ހަންގަނޑަށާއި އިސްތަށިގަނޑަށް ފަރުވާ ކުރުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން އެކި ޒާތުގެ ކުރީމް ނުވަތަ ބޭސް އުނގުޅައެވެ. އެހެންނަމަވެސް، ޑޮކްޓަރެއްގެ ލަފަޔާ ނުލައި ބޭނުން ކުރާ ގިނަ ބޭސްތަކުން ދިގު މުއްދަތަކަށް އެދެވޭ ހައްލެއް ނުލިބޭނެއެވެ. ހައްލު ލިބޭނީ ކުރު މުއްދަތަކަށެވެ.

ބޮލުން އިސްތަށި ފައިބާނަމަ ނިއުޓްރީޝަން ހޯދުމަކީ އެންމެ ފަސޭހައިން އެކަމަށް ހޯދޭނެ ހައްލެވެ. ނިއުޓްރީޝަނިސްޓުންގެ ރިސާޗްތަކުން ދައްކާ ގޮތުން، ކެއުމުގައި ބޭނުންކުރާ ބާވަތްތައް ނުވަތަ ކާނާގެ ސަބަބުން ހަންގަނޑުގެ އިތުރުން އިސްތަށިގަނޑަށްވެސް އޭގެ ފައިދާ ކުރާނެއެވެ.

ހަންގަނޑު އޮމާންކުރަން ބޭނުންނަމަ ކާންވީ ކާނާތައް:

ހަންގަނޑުގެ ކުރަކިކަން ނައްތާލުމަށް ކޮލާޖެން އެކުލެވޭ ކާނާ ކެއުން މުހިންމެވެ، އެގޮތުން، އަންނާރު، ކަރާ، ކުކުޅު، ބިހުގެ ހުދުބައި، ބަދަން، ޕެޕާ، އެވަކާޑޯ އަދި ސިޓްރަސް ފުރުޓަކީ ހަންގަނޑު ރީތި ކޮށްދިނުމަށް އެންމެ އެހީވެދޭނެ ބާވަތްތަކެވެ. އަދި ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ހޯސްޓެއިލް އަދި ޖައިނޯސްޓެންމާ އަކީ ފާހަގަ ކޮށްލެވޭ ބާވަތްތަކެވެ.

ހަންގަނޑު އަލިކުރުމަށް ކާންވީ ކާނާ

ވިޓަމިން ސީ އަކީ ހަންގަނޑު އަލިކުރުމަށް ބޭނުންވާ އެންމެ މުހިއްމު މާއްދާއެވެ. އެގޮތުން، އޮރެންޖު، މޭބިސްކަދުރު އަދި ލުނބޯއަކީ ކޮންމެ ދުވަހަކުވެސް ކެއުން މުހިއްމު އެއްޗެކެވެ. ހަމަ އެހެންމެ ފަޅޮލުގައި ހުންނަ "ޕަޕައިން" މި މާއްދާއަކީވެސް ހަންގަނޑަށް ވަރަަށް ފައިދާ ހުރި އެއްޗެެކެވެ.

އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމަށް ކާންވީ ކާނާ:

ސައިންޓިސްޓުންގެ ރިސާޗްތަކުން ބުނާގޮތުން އިސްތަށި ފޭބުމަށް އެކި ސަބަބުތައް މެދުވެރިވެއެވެ. އެގޮތުން މާގިނައިން ވިސްނާނަމަ ނުވަތަ ފިކުރުކުރާނަމަ އިސްތަށި ފައިބާނެއެވެ.

ޕްރޮޓީން އަކީ އިސްތަށި ފޭބުން ކޮންޓްރޯލު ކުރުމަށް އެހީވެދޭ އެންމެ މުހިއްމު މާއްދާއެވެ. އެހެންކަމުން، ބިހުގެ ގޮބޮޅިއާއި، ކަނޑުމަހާއި، ޔޯގަޓް، ރޯކިރު، އަދި ޗީސް އަކީ އިސްތަށި ފޭބުން ކޮންޓްރޯލް ކޮށްދޭނެ ބާވަތްތަކެވެ.

comment ކޮމެންޓް