ދުވާލަކު ބިހެއް ކެއުން މުހިންމު

ސައިންޓިސްޓުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ބިހެއް ކެއުމަކީ މުހިންމު ކަމެކެވެ.

ބިހަކީ ކޮލެސްޓްރޯލު އެކުލެވިގެންވާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ކޮންމެ ދުވަހަކު 300 މިލިގްރާމަށްވުރެ އިތުރަށް ކޮލެސްޓްރޯލް، ހަށިގަނޑަށް އެތެރެ ވެގެން ނުވާނެއެވެ. ހަމައެހެންމެ ކޮލެސްޓްރޯލަކީ، އޭގެ ޒާތުގައިވެސް ލިވާގައި އުފެދޭ އެއްޗެކެވެ.

ބިހުގެ ގޮބޮޅީގައި 200 މިލިގުރާމު ކޮލެސްޓްރޯލް އެކުލެވިގެންވީ ނަމަވެސް ހުދުބައިގައި، އެއްވެސް ވަރަކަށް ކޮލެސްޓްރޯލެއް ނުހުންނާނެއެވެ. އެހެންކަމުން ދުވާލަކު އެއްބިސް ކައިފިނަމަ، ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ލިބެންވާ މިންވަރަށް ކޮލެސްޓްރޯލް ލިބުނީއެވެ.

ހަގީގަތުގައި ބިހަކީ ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން، ހަށިގަނޑުގައި ހުންނަ މަސްތައް އިތުރަށް ބާރުގަދަ ކޮށްދިނުމަށް "އަމިނޯ އެސިޑް އަދި ޕްރޮޓީން" އެހީވެދެއެވެ. ހަމައެހެންމެ، ފޮލިކް އެސިޑް، އަޔަން، ސަލްފާ، ޒިންކް އަދި ވިޓަމިން ބީ2، ބީ12، އީ އަދި ޑީ ގެ ސަބަބުން އިންސާނާ ހެދި ބޮޑުވާން އެހީ ވެދެއެވެ.

މީގެ އިތުރުން، އިސްތަށިގަނޑު ދިގު ކޮށްދީ އަދި މެމޮރީ ފަންކްޝަންތައް ރަނގަޅު ކޮށްދެއެވެ. ހަމައެއާއެކު، ލޭ މައްޗަށް ދިއުންވެސް ރަނގަޅު ކޮށްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު