ބަރުދަން ލުއިކުރުމަށް ކާންވީ މިފަދަ ކާނާ!

ސިއްޙަތަށް ފައިދާ ހުރި ކާނާ

އާއްމު ގޮތެއްގައި ފަލަ މީހުން، ހިކެން ބޭނުންވިނަމަވެސް، އެއީ މާ ފަސޭހަކަމަކަށް ނުވެއެވެ. އެހެންނަމަވެސް، ޑައިޓް ފޮލޯ ކުރާނަމަ ނުވަތަ ސަރުބީ މަދު ކާނާގެ ބާވަތްތައް ބޭނުން ކުރުމުން ބަރުދަން ލުއި ކޮށްލުމަކީ ފަސޭހަ ކަމެކެވެ.

ބަރުދަން ލުއިކުރުމަށް ކެވިދާނެ ގިނަ ބާވަތްތަކުގެ ކާނާ އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކާނާތަކަށް ބަލައިލާނަމެވެ.

1. ބަދަން

ބަދަން

ބަދަނަކީ ޕްރޮޓީން އެކުލެވިގެންވާ އާއްމު ގޮތެއްގައި ކާނާގައި ހިމަނަން މުހިއްމު އެއްޗެކެވެ. ބަދަނުގެ ތެރެއިން ވެސް ވޮލްނަޓްސް އަދި އަލްމަންޑަކީ ފާހަގަ ކޮށްލެވޭ ބަދަނެކެވެ. ވޮލްނަޓަކީ އޮމެގާ 3 ފެޓީ އެސިޑްސް އެކުލެވިގެންވާ އެއްޗެކެވެ. ހަމައެހެންމެ، އަލްމަންޑަކީ ހަަށިގަނޑުގައި ހުންނަ ކަށިތައް އިތުރަށް ވަރުގަދަކޮށްދޭ ކެލްސިއަމެއް އެކުލެވިގެންވާ ބަދަނެކެވެ.

ހަމައެހެންމެ، ބަދަނަކީ އެޕެޓިޓް ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ.

2. ތެޔޮ އެކުލެވިގެންވާ މަސް

ތެޔޮ އެކުލެވިގެންވާ މަސް

މެޓަބޮލިސަމްގެ ރޭޓް މަތިކުރުމަށްޓަކައި، ތެޔޮ އެކުލެވިގެންވާ މަހަކީ ބަރުދަން ލުއިކުރުމަށް ކޮންމެހެންވެސް ޑައިޓުގައި ހިމަނަން ޖެހޭ އެއްޗެކެވެ. މީގެ މަސްތަކުގެ ތެރެއިން ސެލްމަންއަކީ ތަރުކާރީއާ އެކު ކައްކަން ޖެހޭ އެއްޗެކެވެ.

3. ޔޯގަޓް

ޔޯގަޓް

ވިޓަމިނާއި ޕްރޮޓީން އެކުލެވިގެންވާ ޔޯގަޓަކީ ސަރުބީތައް ނައްތާލުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ. މިއީ ހަށިގަނޑަށް އެންމެ ފައިދާ ހުރި ކާނާތަކުގެ ތެރޭގައި ހިމެނިގެންވާ އެއްޗެއްވެސްމެއެވެ. ރިސާޗް ތަކުން ދައްކާ ގޮތުން ޔޯގަޓަކީ ޑައިޓްގައި ހިމަނަން ޖެހޭ ވަރަށް މުހިއްމު އެއްޗެކެވެ.

4. ބިސް

ބިސް

ކޮންމެ ބިހަކީ ހަ ގްރާމްގެ ޕްރޮޓީން އެކުލެވިގެނަވާ އެއްޗެކެވެ. އަދި މީގެ އިތުރުންވެސް އެތައް ގޮތަކުން ބިހަކީ ބަރުދަން ލުއި ކުރުމުގައި އެހީތެރިވެދޭނެ އެެއްޗެކެވެ.

5. ކާށި ތެޔޮ

ކާށި ތެޔޮ

މިއީ ރަނގަޅު މިންވަރަކަށް "މީޑިއަމް ޗެއިން ޓިރިގްލީސެރިޑްސް" ހިމެނިގެންވާ ހަށިގަނޑަށް ފައިދާހުރި އަދި ސަރުބީތައް ނައްތާލަދޭ އެއްޗެކެވެ. އަދި މިއީ ދުނިޔޭގެ ވަރަށް ގިނަ ސައިންޓިސްޓުން ވެސް ތައްޔާރުކުރާ ކާނާގައި ކޮންމެހެން ބޭނުންކުރުމަށް ބާރުދޭ އެއްޗެކެވެ.

comment ކޮމެންޓް