ރަނުގެ ފުުރުސަތެއް، ހިޔާ ފްލެޓް ލިބުނު މީހުންނަށް ގޭސްފުޅި ހިލޭ

މޯލްޑިވް ގޭހުން ހިޔާ ފްލެޓް ލިބުނު މީހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން -- ފޮޓޯ/ މޯލްޑިވް ގޭސް

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންނަށް ޚާއްސަކޮށްގެން މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދަން ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ މޯލްޑިވް ގޭހުން "ހިޔާ ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ގޭސްފުޅި ހިލޭ ލިބޭއިރު ގޭސްފުޅި އިންސްޓޯލް ކޮށްދެނީ ވެސް މުޅިން ހިލެއެވެ.

އެ ޕްރޮމޯޝަނުގައި ރެޖިސްޓްރީ ވުމަށްޓަކައި މޯލްޑިވް ގޭހަށް ގުޅައިގެން ވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައި އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް އެ ކުންފުނިން ވަނީ ޓެންޓު ޖަހައި ރެޖިސްޓަރ ކުރެވޭނެ ގޮތް ހަމަ ޖައްސައިފައެވެ.

މޯލްޑިވް ގޭހުން ހިޔާ ފްލެޓް ލިބުނު މީހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން -- ފޮޓޯ/ މޯލްޑިވް ގޭސް

މިއަދު ވެސް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދުގައި މި ޕްރޮމޯޝަންގައި ރެޖިސްޓްރީ ވުމަށް ކިޔޫ ދަމައިލައިފައި އޮތެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 3 ސެޕްޓެމްބަރާ ހަމައަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ގޭސް ރީފިލް ކުރުމަށް ދައްކަން ޖެހޭނީ 200 ރުފިޔާއެވެ.

comment ކޮމެންޓް