ދެ ޑޯޒް ޖަހައިގެން ކޮވިޑް ކޮންޓްރޯލް ނުވުމުން އިސްރާއީލުން ތިން ވަނަ ޑޯޒެއް ދެނީ

މޮޑާނާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ---

އިސްރާއީލުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން ކޮވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒެއް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޭން ނިންމައިފިއެވެ.

އެ ގައުމުން ބުނީ ތިން ވަނަ ޑޯޒް ޖަހާނީ ދެ ވަނަ ޑޯޒް ޖެހިފަހުން ފަސް މަސް ހަމަވެފައިވާ މީހުންގެ ގަޔަށް ކަމަށެވެ. އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ އެކްސްޕާޓުން ބުނީ ވެކްސިންގެ ދެ ޑޯ ޖެހިކަމުގައި ވީނަމަވެސް ބަލިން ދިފާއުވުމުގެ ބާރު ދުވަސްވާ ވަރަކަށް ދަށްވަމުން އަންނަ ކަަމަށެވެ.

އިސްރާއިލުގައިވެސް ކޮވިޑުގެ ހާލަތު ގޯސްވެ ދެ ހާހުން މަތިން އަލުން ކޭސްތައް ފެންނަން ވަނީ ފަށާފައެވެ.

އިސްރާއިލުން އެގައުމުގެ ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު އެއިރު އެ ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

އަދި އެންމެ އަވަހަށް ވެކްސިން ޖެހޭ މީހުންގެ އާބާދީގެ ބޮޑުބަޔަަކަށް ވެކްސިން ދިން ގައުމެއްގެ ގޮތުގައިވެސް އިސްރާއިލް ވަނީ ފާހަގަވެގެން ގޮސްފައެވެ.

comment ކޮމެންޓް