ޔޫއޭއީގެ ކޮވިޑް ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި

ޔޫއޭއީ--

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޮވިޑް ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ކޮވިޑް ގްރީން ލިސްޓަކީ ގައުމުތަކުން ކޮވިޑް-19 އިން ދިފާއުވުމަށް ކުރާ މަސައްކަތްތަކާއި ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު އެންމެ ރައްކާތެރި ގައުމުތައް ހިމެނޭހެން ޔޫއޭއީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓުއަރިޒަމުން ތައްޔާރުކުރާ ލިސްޓެކެވެ.

މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ޔޫއޭއީ އަށް ގޮސް ކަރަންޓީނު ވާން ނުޖެހޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކުރިން މި ލިސްޓުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖޭގެ ހާލަތު މިދިޔަ ފެބްރުއަރީ މަހު ގޯސްވާން ފެށުމާއެކު އެ ލިސްޓުން ރާއްޖެވަނީ އުނިކޮށްފައެވެ.

ރާއްޖެއާއެކު ޖުމްލަ އަށް ގައުމެއް މި ލިސްޓަށް ވަނީ އިތުރުކޮށްފައެވެ.

އޭގެތެރޭގައި ހިމެެނެނީ ބަހްރެއިން، ބުރުނާއީ، ބަލްގޭރިއާ، ޗެކްރިޕަބްލިކް، ޕޮލެންޑް، ސާބިއާ އަދި ޔޫކްރެއިން އެވެ.

މި ލިސްޓު އަނެއްކާވެސް އާ ކޮށްފައިވާއިރު މިފަހަރު ގެ ލިސްޓުން ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ޖުމްލަ 12 ގައުމެއް ވަނީ އުނިކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް