ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރު ހިތާގެ ހަތަރުވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު ފަޔާ ރެސްކިއު ޓީމުން އެތަނަށް ގޮސް އަލިފާންގަނޑު ނިއްވާލައިފައިވާކަމަށެވެ.

އަދި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ކުރެވުނު މަސައްކަތާއެކު ހެނދުނު 06:10 ހާއިރު އަލިފާންގަނޑު ކޮންރޯލްކުރެވި 07:10 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މިހާރު މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން މޭ މަހުގެ ހަތަރު ވަނަ ދުވަހާއި މިދިޔަ މަހުގެ ހަ ވަނަ ދުވަހުވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

comment ކޮމެންޓް