މިއަދު ޕޮޒިޓިވްވީ 141 މީހުން، އަތޮޅުތަކުން 98

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 141 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 22 މީހުންނާއި އަތޮޅުތަކުން 98 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 20 މީހުންގެ އިތުރުން ސިނާއީ ރަށްރަށުން އެކަކު ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 77،094އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،527 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 225 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74،335 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ މަރުވެފަ އެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 321،523 މީހުންނެވެ. އަދި ދެ ޑޯޒު ފުރިހަމަކުރީ 262،128 މީހުންނެވެ.

comment ކޮމެންޓް