ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު މީގެ ކުރިން ކުރެއްވި ދަތުރުފުޅަކަށްފަހު މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނީ --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހު ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އީދު ބަންދަށް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތްތާ ހަތަރު ދުވަސް ފަހުންނެވެ.

ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ޖެނުއަރީ މަސްތެރޭ ވެސް ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

comment ކޮމެންޓް