ނިމިގެންދިޔަ ކުއާޓާގައި ޓެސްލާއަށް އެއްބިލިއަން ޑޮލަރުގެ ސާފު ފައިދާ

އެމެރިކާގެ އިލެކްޓްރޯނިކްސް އަދި ކާރު ހަދާ ކުންފުނި ޓެސްލާ- ފޮޓޯ: ސަން ފައިލްސް

މި އަހަރުގެ ދެވަނަ ކުއާޓާގައި ޓެސްލާ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްބިލިއަން ޑޮލަރު ލިބިއްޖެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނު, އީލަން މަސްކްގެ ކުންފުނި އަދި އޭނާ ސީއީއޯކަން ކުރައްވާ ޓެސްލާއަށް އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ނެރެވުމުގެ މައިގަނށު ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ލިބުން ދަތިވެފައި ހުރި ކާރުތަކުގެ ޗިޕު, ޓެސްލާއަށް ލިބޭނެ ގޮތެއް މަގުފަހިވުމާ ގުޅިގެންނެވެެ.

ކާރުތަކުގައި ބޭނުންކުރާ ޗިޕުތައް ލިބުން ދަތިވުމުގެ ސަބަބުން ގިނަ ކާރު އުފައްދާ ކުންފުނިތަކުގެ ކާރު އުފެއްދުން ހުއްޓި އާމްދަނީ ވަނީ ދަށްވެފައެވެ. ނަމަވެސް ޓެސްލާއިން ވަނީ މި ޗިޕްތައް ފޯރުކޮަށްދޭނެ ސަޕްލަޔަރެއް ހޯދާފައެވެ.

"ޗިޕުތައް މިހާރު މި ހޯދަނީ އަލްޓަނޭޓް ސަޕްލަޔަރެއްގެ ފަރާތުން. އެއަށްފަހު އެޗިޕުތަކަށް އަހަރުމެންގެ ސޮފްޓްވެއާތައް އަަޕްޑޭޓްތައް ކުރަނީ. އަހަރުމެންގެ އާމްދަނީގެ ބޮޑު ހިއްސާއެއް ޗިޕްތަކަކީ،" މަސްކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ޓެސްލާގެ މި ބޮޑު އާމްދަނީއާއެކު ޓެސްލާ ވެފާވަނީ އެންމެ ފުރަތަމަ ކުއާޓާއެއްގައި އެއްބިލިއަން ޑޮލަރުގެ ސާފު ފައިދާ ހޯދި ފުރަތަމަ ކުންފުންޏަށެވެ.

މިއާއެކު ޓެސްލާގެ މާކެޓް ވެލިއުވަނީ 630 މިލިއަން އަށް މައްޗަށް ޖެހިލައި އެންމެ މާކެޓް ވެލިއު މަތި ކާރު އުފައްދާ ކުންފުނީގެ މަގާމުވެސް ހޯދާފައެވެ. މީގެ އިތުރުން ޓެސްލާގެ މާކެޓް ވެލިއު ވަނީ މީގެ ދެ އަހަރު ކުރީގައި ހުރި މިންވަރަށްވުރެ 14 ގުނަ އިތުރުވެފައެވެ.

comment ކޮމެންޓް