އިއްލެގެ "މަޒްލޫމް" މާދަމާ ބައިސްކޯފަށް

ކުރު ފިލްމު މަޒްލޫމް ސްޓްރީމްކުރާނީ ބައިސްކޯފުގައި---

ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ކުރު ފިލްމު "މަޒްލޫމް"ގެ ޓްރެއިލާ ދައްކާލާ ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

މި ފިލްމުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ފިލްމަކީ މާދަމާ ބައިސްކޯފު އެޕްލިކޭޝަނުގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި މަހު 26 ވަނަ ދުވަހު ދައްކާނީ މި ފިލްމުގެ ފުރަތަމަަ ޗެޕްޓާއެވެ. ކަޒްމިކް އިންޓަނޭޝަނަލްއާ އައިފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމުން ފެނިގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް ބަތަލާ ނުޒުހަތު ޝުއައިބު، އަހްމަދު އިފްނާޒް ފިރާގު، އައިފިލްމްސްގެ ދެވަނަ ފިލްމު "ނީނާ"ގެ ލީޑުން ފެނިގެންދާ ޝަރަފް އަބްދުﷲ، އަދި ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދުގެ އިތުރުން ސީރީޒް "އެހެނަސް" އިން ތައާރަފްވި އަހްމަދު ޝާރިފްއެވެ.

ރާއްޖޭގައި މިހާރު އާންމުވެފައިވާ މައްސަލައެއް ކަމަށްވާ ރޭޕްގެ ޝިކާރައަކަށްވެފައިވާ އަންހެންކުދިންތަކެއްގެ ވާހަކަ ކިޔައިދޭ މި ފިލްމު ވަރަށް ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް