ކަޕިލް ޝަރުމާ ޝޯ އެނބުރި އަންނަނީ

ދަ ކަޕިލް ޝަރުމާ ޝޯގެ ބައިވެރިން---

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" އެނބުރި އަންނަން އުޅޭކަން އިއުލާންކޮށްފިއެވެ.

މި ޝޯ ވަނީ މީގެ ހަ މަސް ކުރިން ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެ ޝޯ މެދުކަނޑާލަން އޭރު ނިންމީ ޝޯއަށް އިތުރު ޝައުގުވެރި ބަދަލުތަކެއް ގެނައުމަށެވެ. އެދުވަސްވަރު ޝޯ ބަލާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާއިރު ޝޯގެ ޕްރޮޑަކްޝަން ޓީމުން ނިންމީ ޝޯ އިތުރަށް ފުރިހަމަކުރުމަށްފަހު އާ ސީޒަނެއް ގެނެސްދިނުމަށެވެ.

ކަޕިލް ޝަރުމާގެ އާ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނައިރު މިހާރު އެ ޝޯގެ ހުރިހާ ބައިވެރިންނެއް ވަނީ ކޮވިޑް ވެކްސިން ފުރިހަމަވެސް ކޮށްފައެވެ. ކަޕިލް ވަނީ އޭނާގެ ޓީމާއެކު ނަގާފައިވާ ސެލްފީ އެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މި ފަހަރުގެ ސީޒަންގެ ޕްރޮމޯ ވެސް މިހާރު ޝޫޓްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ސެޓު ތައްޔާރުކުރުމުގެ މަސައްކަތެވެ. ޚަބަރުތައް ބުނާގޮތުގައި މި ސީޒަން އާންމުންނާ ހަމައަށް އަންނާނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް