އިއްލެގެ "މަޒްލޫމް"ގެ ޓީޒާ ދައްކާލައިފި

ކުރު ފިލްމު މަޒްލޫމް ސްޓްރީމްކުރާނީ ބައިސްކޯފުގައި---

ފިލްމު "ބަވަތި" އިން ދިވެހިންގެ އިތުބާރު ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމު "މަޒްލޫމް"ގެ ފުރަތަމަ ޗެޕްޓާގެ ޓީޒާ އާންމުކޮށްފިއެވެ.

ބައިސްކޯފު އެޕްލިކޭޝަނުގައި މި ފިލްމު ސްޓްރީމްކުރާއިރު މި ފިލްމަކީ ކަޒްމިކް އިންޓަނޭޝަނަލްއާ އައިފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުން ފެނިގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް ބަތަލާ ނުޒުހަތު ޝުއައިބު، އަހްމަދު އިފްނާޒް ފިރާގު، އައިފިލްމްސްގެ ދެވަނަ ފިލްމު "ނީނާ"ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ، އަދި ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދުގެގެ އިތުރުން ސީރީޒް "އެހެނަސް" އިން ތައާރަފްވި އަހްމަދު ޝާރިފްއެވެ.

ރޭޕްގެ ޝިކާރައަކަށް ވެފައިވާ އަންހެންް ކުދިންގެ ވާހަކަތަކެއް ފިލްމުގެ ޓީޒާއިން ފެނިގެންދިޔައިރު މި ފިލްމަކީ 45 މިނެޓުގެ ކުރު ފިލްމެކެވެ. ޝައުގުވެރި ގިނަ ކަންތައްތަކެއް މި ޓީޒާ އިން ފެނިގެންދިޔައިރު މި ފިލްމުގެ ފުރަތަމަ ޗެޕްޓާ ރިލީޒްކުރާން ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް