ނަޝީދުގެ ދިފާއުގައި މިފަހަރު އެމްޑީޕީ އަންހެނުންގެ ރޫހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ސިފާ މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް މެދުވެރިކުރައްވައި ދެއްކެވި ވާހަކަފުޅަށް އެޕާޓީގެ އަންހެނުންގެ ރޫހު ގޮފިންވެސް ތާއީދުކޮށްފިއެވެ.

އިއްޔެ އެމްޑީޕީގެ ޒުވާނުންގެ ގޮފި, "އެމްޑީޕީ ޒުވާނުންގެ ހިތްވަރު"ންވެސް ވަނީ ރައީސް ނަޝީދު ދިފާއުކުރައްވައި ބަޔާނެއް ނެރެފައެވެ.

އަންހެނުންގެ ރޫހުން ރޭ ނެރުނު އެ ބަޔާނުގައި ބުނީ ސަރުކާރުން ޕާޓީގެ އަސާސުތަކާ ހިލާފުނުވުމަށް ނަޝީދު ގޮވާލެއްވި ގޮވާލުމަށް ތާއީދުކުރާ ކަމަށެވެ. އަދި އެޕާޓީ އަކީ މެދުމިނުގެ ދީނީ ސިޔާސަތަކަށް ތާއީދުކުރާ ޕާޓީއެއްކަމަށްވެސް ބުންޏެވެ.

https://sun.mv/154419

\ބަޔާނުގައި އެ ގޮފިން ބުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހޮނިހިރު ދުވަހު އާންމުކުރެއްވި ބަޔާނުގައިވާ ކަންކަންކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެމްޑީޕީ އިން އަބަދުވެސް ވަކާލާތުކުރާނީ މިނިވަންކަމަށް ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

އަންހެނުންގެ ރޫހުން ބުނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިންތިހާބުގައިވެސް އެ ޕާޓީން ވި އެންމެ މުހިންމު އެއް ވައުދަކީ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރު ވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދުތައް ކަމަށެވެ. އަދި މީގެ އިތުރުން އަނިޔާވެރި އަމަލުތައް ހުއްޓުވެން އޮތް ހަމައެކަނި މަގަކީ ނަފްރަތުގެ އަމަލުތައް ކަނޑައަޅާ ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހު ފާސްކޮށްގެންކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެންނަމަވެސް ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއުނުކޮށް މުޖުތަމައުގައި ނަފްރަތު އުފުދެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މި ޕާޓީގެ އަސާސްތަކާ ހިލާފަށް ނިންމި ނިންމުމެއްކަމުގައި މި ޕާޓީގެ އަންހެނުންގެ ރޫހުން ދެކެމެވެ." އެ ބާޔާނުގައި ބުންޏެވެ.

https://sun.mv/154439

ސަރުކާރު ހިންގުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ.

comment ކޮމެންޓް