އައުޓާ ބޭންކްސްގެ ދެވަނަ ސީޒަންގެ ޓްރެއިލާ ވަރަށް ސަޅި

އައުޓާ ބޭންކްގެ ތަރިން---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "އައުޓާ ބޭންކްސް"ގެ ދެވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު 30 ވަނަ ދުވަހު ސީރީޒްގެ ދެވަނަ ބައި ނެޓްފްލިކްސްގައި ޕްރިމިއާކުރާއިރު މި ފަހަރުގެ ސީޒަން އިން ފެނިގެންދާނީ ސީރީޒްގެ ތަރިން ރަންތަކެއް ހޯދުމަށް ކުރާ މަސައްކަތެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ އާ ޖޯންބީ ޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ. ސާރާ އާ ޖޯންބީ ބަހާމާސް އަށް ގޮސްގެން ދިމާވާ ކަންތައްތަކެއް ޓްރެއިލާއިން ވަނީ ފެނިގެން ގޮސްފައެވެ.

ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް