އެޑްވަޓޯރިއަލް: ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް!

"ކާސްޓްރޯލް" މި ނަމަކީ ދިވެހިންގެ މެދުގައި ބީރަށްޓެހި ނަމެއް ނޫނެވެ. ބައިނަލްއަޤްވާމީ އިންޖީނު އުފައްދާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް 1994 ވަނަ އަހަރުން ފެށިގެން އެމްޓީސީސީއިން ރާއްޖެއަށް ތަޢާރަފްކުރުމާއިއެކު ހުދު، ރަތް އަދި ފެހި ކުލަ ހިމެނޭ މިބްރޭންޑުގެ ލޯގޯ ޖަހާފައި ހުންނަ ތަކެތި މާލެއާއި ރަށްތަކުން އާންމުކޮށް ފެންނަން ފެށިއެވެ.

އޭރު ކާސްޓްރޯލް ޖަހާފައި ހުންނަ ބޮޑެތި ފީފާ، ޓައްޕު، ދަޅު އަދި އެކި ބާވަތުގެ ފުޅިތައް ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތަކާއި، ގަރާޖުތަކާއި، ވޯކްޝޮޕްތަކާއި އަދި ފިހާރަތަކުން އާންމުކޮށް ފެނެއެވެ. މި ބްރޭންޑްގެ އުފެއްދުންތައް ލޮރީތަކުގައި އުފުލާ މަންޒަރާއި، ޖެޓީ ސަރަހައްދުގައި ފުރަން ތައްޔާރުވެފައި ހުންނަ އޮޑިދޯނިފަހަރުގައި ހުންނަ ތަން ޒަމާނުއްސުރެން ފެންނަ ހަދާންވެއެވެ. ކުރީގެ ބައެއް ޑްރާމާ، ފިލްމް އަދި އާންމު ފަރާތްތަކުން ނަގާފައި ހުރި ފޮޓޯތަކުންވެސް ކާސްޓްރޯލް ބްރޭންޑުގެ ތަކެތި ފެންނަ މަންޒަރު ހަދާންވެއެވެ. އޭރު ރާއްޖޭގެ ރަށްރަށާއި، މާލޭގެ ގެތަކުގައި ޖައްސާފައި ހުންނަ ރޭޑިއޯތަކުން ކާސްޓްރޯލް އިޝްތިހާރުތަށް އާންމުވެ، ވަރަށް ފަހަކާ ޖެހެންދެން އިވުނު ހަދާންވެސް ހުރެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޝްހޫރު ކާސްޓްރޯލް ބްރޭންޑަކީ އިންޖީނާއި، ޖަނެރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ އަޑީތެލާއި އެހެނިހެން ތަކެތި އުފެއްދުމުގައި 100 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ ބްރޭންޑެކެވެ. އެމްޓީސީސީއިން މިބްރޭންޑް މާކެޓަށް ތަޢާރަފްކުރި ހިސާބުން ފެށިގެން މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ކާސްޓްރޯލް އަކީ އޮޑިވެރިންނާއި، އިންޖީނިއަރުންނާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތަތްކުން އެންމެ އިތުބާރު ކުރާ އެއް ބްރޭންޑެވެ. އެމްޓީސީސީއިން ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރުމުން، ޤައުމު ތަރައްޤީކުރުމުގައި ގިނަ ދާއިރާތަކަކަށް މީގެ ފައިދާ ލިބިގެންދިޔައެވެ. މިގޮތުން ކަނޑުގާ ދުއްވާ އިންޖީނުލީ އުޅަނދުފަހަރުން ފެށިގެން، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓް ތަކުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑެތި ޖަނަރޭޓަރު އަދި އެއްގަމު އުޅަނދުފަހަރުގައިވެސް ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް ބޭނުންކުރަންފެށިއެވެ.

ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގެ އެކި ސިނާޔަތްތަކާއި ދާއިރާތައް ކުރިއެރުވުމުގައި އެހީތެރވަމުންދާ ބައިވެރިއެކޭވެސް ބުނެވިދާނެއެވެ. މިހެން ބުނަނީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ގިނަ ކަނޑާއި އެއްގަމު އުޅަނދުގެ އިންޖީނުތަކުގައި ބޭނުންކުރެއެވެ. ރަށްތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގައި އޭރާއި މިހާރުވެސް އެންމެ ގިނައިން ބޭނުންކުރާ އަޑީތެލާއި އެހެން ބާވަތްތައް ހިމެނޭ އެއް ބްރޭންޑަކީ ކާސްޓްރޯލްއެވެ.

އެމްޓީސީސީއިން ކާސްޓްރޯލްގެ އުފެއްދުންތައް ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ކަސްޓަމަރުންގެ އަގުބޮޑެތި އިންޖީނާއި ޖަނަރޭޓަރުފަދަ މުދަލުގެ ފެންވަރު ހިފަހައްޓައި، މި ތަކެތީގެ އުމުރު ދިގުކުރުމަށް މަގުފަހި ކޮށްދިނުމެވެ. އެމްޓީސީސީ ކަށަވަރުން ވިއްކާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ޖަނަރޭޓަރާއި އިންޖީނުތަކުގެ މެއިންޓަނަންސްއަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގައިވެސް އެހީތެރިވެދޭ ބާވަތްތަކެކެވެ.

އެމްޓީސީސީ ކަށަވަރުން ލިބޭ ކާސްޓްރޯލްގެ ބައެއް އުފެއްދުންތަކަށް ބަލާލާއިރު، އިންޖީނުތަކާއި ޖަނަރޭޓަރުތަކަށް ޙާއްޞަކޮށްގެން ކާސްޓްރޯލް އެމްއެޗްޕީ އަދި ކާސްޓްރޯލް ވެކްޓަން ގްލޯބަލް ގެ އުފެއްދުންތަށް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން މަޤްބޫލް އުފެއްދުންތަކުގެ ތެރޭގައި ހައިސްޕިން ހައިޑްރޯލިކް ތެޔޮ، ސްޕީރޯލް ގްރީސް، ރެޑިކޫލް ކޫލަންޓް، ޓީކިއުޑީ ޓްރާންމިޝަން ތެޔޮ އަދި އެއާރކޯލް ކޮމްޕްރެޝަރ ތެޔޮ ހިމެނެއެވެ.

ކާސްޓްރޯލް އެމްއެޗްޕީ

މިޒަމާނުގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ 4-ސްޓްރޯކް އިންޖީނަށް އަމާޒުކޮށްގެން ޒަމާނީ ބަދަލުތަކާއިއެކު ކާސްޓްރޯލް ކުންފުނިން ތައްޔާރުކޮށްފައިވާ މި އަޑީތެޔޮ އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ދަނީ ހެޔޮ އަގުތަކުގައި ފޯރުކޮށްދެމުންނެވެ. އެމްއެޗްޕީ އަޑީތެލަކީ ކާމިޔާބު ކަމާއިއެކު ޓެސްޓުކޮށް އިންޖީނު އުފައްދާ ފަރާތްތަކުގެ އިތުބާރުހޯދާފައިވާ އަޑީތެލެކެވެ. ކާސްޓްރޯލް އެމްއެޗްޕީ އަޑީތެޔޮ ބޭނުންކުރުމުން އިންޖީނުގެ ހޫނުމިން ދަށްކޮށް، ޕިސްޓަނާއި ރިންގުތަށް ސާފުކުރުމުގެ އިތުރުން މުޅި އިންޖީނު ސާފުކޮށް ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.

ކާސްޓްރޯލް ވެކްޓަން ގްލޯބަލް

މިއީ އަގުބޮޑު ޖަނަރޭޓަރުތަކުގައި ބޭނުންކުރުމަށް މިނަރަލް ހިމަނައިގެން ކާސްޓްރޯލު ކުންފުނިން އުފައްދާފައިވާ މަލްޓިގްރޭޑް އަޑީތެލެކެވެ. މީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ގިނަދުވަސްވުމުން އިންޖީނު ކަންފަތިވުން ކުޑަކޮށްދީ، އުމުރު ދިގުކޮށްދެއެވެ. ވެކްޓަން ބޭނުންކުރުމުން އިންޖީނު ސާފުކަންމަތީ ހުރުމުގެ އިތުރުން އިންޖީނު ބެލެހެއްޓުމުގެ ޚަރަދުކުޑަވެ އިންޖީނު ހުއްޓުމުގެ މައްސަލަ ހައްލުކޮށްދެއެވެ. ކާސްޓްރޯލް ވެކްޓަން ގްލޯބަލް އަކީ ބައިނަލްއަޤްވާމީ އިންޖީން އުފައްދާ އެތައް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ފެންވަރު ރަނގަޅު އަޑީތެލެކެވެ.

އެމްޓީސީސީއިން އެތެރެކޮށް މާރކެޓްކުރާ ކާސްޓްރޯލް ބްރޭންޑްގެ އެހެން ބައެއް އުފެއްދުންތަކުގެ ތެރޭގައި އެކި ފިނި ހޫނުމިނުގައި، އިންޖީނު އަދި ޖަނަރޭޓަރު ހަލާކުވުމުން ރައްކާތެރިކޮށް، ފެނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށް، ދަގަނޑުގެ ބައިތައް ހަލާކުވުން ކުޑަކޮށްދީ، އޮކްސިޑައިޒޭޝަންއިން ރައްކާތެރިކޮށްދޭ ހައިޑްރޯލިކް ތެޔޮ ހިމެނެއެވެ. އަދި އިންޖީނު ފަދަ ތަކެތި ބާރުގަދަ ޕްރެޝަރގައި ބޭނުންކޮށް، ހަލާކުވުން އަދި ދަބަރުޖެހުމުން ރައްކާތެރިކޮށްދީ، ބެއާރިންގްތަކާއި، ލޮނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ، ހެވީ މެޓަލް އަދި ނުރައްކާތެރި މައުދަންތައް ނުހިމެނޭ ސްޕީރޯލް އަކީވެސް އެމްޓީސީސީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކާސްޓްރޯލްގެ މޮޅު އުފެއްދުމެކެވެ. އިންޖީނު ހަލާކުވުމާ ދަބަރުޖެހުމުން ރައްކާތެރިކޮށްދީ، ކޮންމެ ފިނިހޫނުމިނެއްގައިވެސް އިންޖީނު ރައްކާތެރިކޮށްދީ، އިންޖީނުގައި ހުންނަ ހޫނުވާ ބައިތަށް ފިނިކޮށްދިނުމުގެ އިތުރުން އިންޖީނުގެ މެއިންޓެނެންސް ހަރަދު ކުޑަކޮށްދޭ ރެޑިކޫލަކީ އެމްޓީސީސީ ކަށަވަރުން ލިބެން ހުންނަ ކާސްޓްރޯލްގެ އުފެއްދުމެކެވެ. އަދި ފިނިހޫނުމިން ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އެހީތެރިވެދޭ ކާސްޓްރޯލްގެ އެއާރކޯލް އެމްޓީސީސީ ކަށަވަރުން ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

މެރިން އިންޖީން އަދި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މިމައްސަލަތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކޮބައިކަން ހޯދުމަށްޓަކައި އެމްޓީސީސީ ކަށަވަރުގެ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވެދެއެވެ. އެމްޓީސީސީ ކަށަވަރު ޓީމްއަކީ ރާއްޖޭގެ މާރކެޓަށް ތަޢާރަފްކޮށްފައިވާ ކާސްޓްރޯލް އަދި އެހެން ބްރޭންޑުތަކުގެ މައުލޫމާތާއި، ތަޖުރިބާ ލިބިފައިވާ، ކަސްޓަމަރުންނަށް މައުލޫމާތާއި އާފްޓަރސޭލްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ޓީމެކެވެ.

ބައިނަލްއަޤްވާމީ ޖަނަރޭޓަރު އަދި އިންޖީނު އުފައްދާ ކުންފުނިތަކުން ކަސްޓަމަރުންނަށް އަބަދުވެސްދޭ އެއް އިލްތިމާސްއަކީ އަސްލު ސްޕެއަރ އަދި އަޑީތެލާއި އެހެން ބާވަތްތައް މިފަދަ ތަކެތި މަރާމާތުކޮށް، ބޭނުންކުރުމުގައި އިޚްތިޔާރުކުރުމެވެ. އެއީ މިފަދަތަކެތީގެ އުމުރު ދިގުކޮށް، ހަރަދުކުޑަކޮށް، އެތަކެތި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނީ ކޮލިޓީ މޮޅު ސްޕެއަރ އަދި އަޑީތެޔޮ ބެނުންކޮށްގެން ކަމަށްވާތީއެވެ. ޙާއްޞަ ޕްރޮމޯޝަންތަކާއި، ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ ކަށަވަރު ޓީމުން އަބަދުވެސް މަސައްކަތްކުރެއެވެ. އެމްޓީސީސީ ކަށަވަރު ޝޯރޫމްއިން ހެޔޮ އަގުގައި ކާސްޓްރޯލް އަދި މިފަދަ އެހެން ޖެނުއިން ބްރޭންޑްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދެއެވެ. އެމްޓީސީސީ ކަށަވަރުގެ އަމާޒަކީ އެކަށީގެންވާ އަގެއްގައި ރަނގަޅު ފެންވަރުގެ މުދަލާއި، ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް