އަޖޭ ގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ގެ ޓީޒާ ދައްކާލައިފި

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގައި އުފެދުނު ކާމިޔާބު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރު އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމަކީ އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭގެ ފިލްމީ ކެރިއަރުގެވެސް އެންމެ ފުރަތަމަ ޑިޖިޓަލްކޮށް ރިލީޒްކުރާ ފިލްމެވެ. މީގައި އަޖޭ ކުޅޭނީ އަަސްކަރީ އޮފިސަރު ސްކޮޑްރަން ލީޑަރު ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ.

"ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ 1971 ވަނަ އަހަރު އިންޑިއާ އާ ޕާކިސްތާނާ ދެމެދު ހިނގި ބޮޑު ހަނގުރާމައަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގައި އަޖޭގެ އިތުރުން ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު އަދި ނޯރާ ފަތެހީ ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް