ކަރަންޓީންގައި ހުރި މީހަކު ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދީފި

ރ. އިނގުރައިދޫ

ރ. އިނގުރައިދޫގައި ކަރަންޓީނު ގައި ހުރި މީހަކު އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ، އެރަށުގައި ކަރަންޓީންވެ ހުރި މީހަކު މިއަދު ހަވީރުގެ ވަގުތެއްގައި ކަރަންޓީން އުސޫލާ ހިލާފަށް ބޭރަށް ނުކުމެ، އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ކަރަންޓީން އުސޫލާ ހިލާފު ވެފައި ވާތީ އެމީހާ ވަނީ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް